އައިއައިޔޫއެމްގެ އެކެޑެމިކް އެކްސެލެންސް އެވޯޑް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ، މުޙައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން ޢަބްދުالله މާހިލް ޝަހީމަށް ލިބިވަޑައިގަންނަވައިފިއެވެ.
މާހިލް ކިޔަވާވިދާޅުވީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެވެ. އޭނާ ކިޔަވާވިދާޅުވި ފެކަލްޓީން އެކެޑެމިކް އެކްސެލެންސް އެވޯޑް ވަނީ ޙާޞިލް ކުރައްވާފައެވެ. އަދި މާހިލް ވަނީ، އައިއައިޔޫއެމްގެ ރެކްޓަރސް އެވޯޑަށް ނޮމިނޭޓްވެފައެވެ.

މާހިލްގެ ކާމިޔާބީއާ ގުޅިގެން ފޭސްބުކުގައި ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިއީ އޭނާގެ އާއިލާއަށާއި ގައުމަށް ފަޚުރުވެރިވާ ކާމިޔާބީއެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބީ އާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ" ކަމަށެވެ.
ޑރ. ޝަހީމް ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވީ ވެސް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
advertisment
ހިޔާލު