ގަނާކުރާ ކުދިންނަށް ހަރުކަށި ފިޔަވަޅުތަކެއް ސިންގަޕޫރުގެ ސްކޫލުތަކުން އަޅަން ފްރޭމްވޯކެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފިއެވެ. އައު ފްރޭމްވޯކްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ސްކޫލެއްގައި ގަނާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. ސިންގަޕޫރުގެ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާން ކުރި ހަރުކަށި ގައުމީ އޮނިގަނޑުގެ ދަށުން ބުލީ ކުރާ ދަރިވަރުންނަށް ވެސް ވޭޕް ކުރުމުގެ ކުށްތަކާ އެއްފަދަ އަދަބު ދޭނެއެވެ.
އެ އޮނިގަނޑުގެ ދަށުން ފުރަތަމަ ފަހަރަށް ކުށްކުރާ ކުދިންނަށް އެއް ދުވަހާއި ތިން ދުވަހަށް ބަންދުކުރުން ނުވަތަ ސަސްޕެންޑް ކުރާނެއެވެ. އަދި ގްރޭޑް ދަށްކޮށް، އެއީ އުމުރުން ބޮޑެތި ފިރިހެން ކުދިން ނަމަ ގައިގައި އެއް ފަހަރު ޖެހުމަކީ ވެސް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި ބޮޑެތި ކުށްތައް ފުރަތަމަ ފަހަރަށް ކުރާ ކުދިންނަށް ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް، "ގްރޭޑް ފެއާ" ދަށްކުރުމަށް ވެސް އެ އޮނިގަނޑުގައި ކަނޑައަޅާފައިވެއެވެ.
އެންމެ ބޮޑެތި ކުށްތަކުގައި ތަކުރާރުކޮށް ކުށްކުރާ ކުދިންނަށް ފަސް ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތަކަށް ބަންދުކުރުމާއި ނުވަތަ ސަސްޕެންޑްކުރުމާއި، "ގްރޭޑް ފެއާ" ދަށްކުރުމާއި ބޮޑެތި ފިރިހެން ކުދިންގެ ގައިގައި ތިން ފަހަރު ޖެހުމަށް އޮނިގަނޑުގައި ވެއެވެ.މި ސުލޫކީ ފިޔަވަޅުތަކުގެ ތެރޭގައި ރިހެބިލިޓޭޓިވް އެޕްރޯޗެއް ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި ކައުންސެލިން ދިނުމާއި، ބިހޭވިއަރަލް މައްސަލަތައް ހައްލުކުރުމަށް ސްޓްރަކްޗަރޑް އިންޓަވެންޝަންސް ވެސް ހިމެނޭނެ ކަމަށް ސިންގަޕޫރުގެ އެޑިޔުކޭޝަން މިނިސްޓްރީން
ސީރިއަސް އަދި ވަރަށް ސީރިއަސް ކުށްތައް ސްކޫލުތަކުން ވަޒަން ކުރާނީ އެ އަޚްލާޤުގެ އަސަރު ހުރި މިންވަރާއި، ދަރިވަރުގެ ނިޔަތާއި އެ ޢަމަލުތައް ތަކުރާރުވެފައިވޭތޯ ނުވަތަ ނޫންތޯއާއި، ދަރިވަރު އިޚްލާޞްތެރި ނުވާތޯ ފަދަ ތަފާތު ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.
ސީރިއަސް ކުށްތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި، ޖިސްމާނީ އަނިޔާ ދިނުމާއި، އަނިޔާ ދިނުމުގެ ނިޔަތުގައި ތަކުރާރުކޮށް ބުލީ ކުރުން ހިމެނެއެވެ.
މީގެ ކުރިން ސްކޫލުތަކުގައި އަމަލު ކުރަމުން ދިޔައީ ކުދިކުދި ކުށްތަކަށް ރިފްލެކްޓިވް އެކްސަސައިޒްތަކުން ފެށިގެން ސީރިއަސް މައްސަލަތަކުގައި ބަންދު ކުރުމާއި، ސަސްޕެންޑް ކުރުން ނުވަތަ ދަތް އެޅުމާ ހަމައަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑެސްމޮންޑް ލީ ވިދާޅުވީ އާ ފްރޭމްވޯކްގެ އަމާޒަކީ މުޅި ގައުމުގައި އެއް އުސޫލެއް ގާއިމް ކުރުން ކަމަށެވެ.
ސިންގަޕޫރުގެ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބުލީ ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ސްކޫލުތަކުން އެވްރެޖްކޮށް ކޮންމެ 1000 ޕްރައިމަރީ ސްކޫލްގެ ދަރިވަރަކަށް ގަނާގެ ތިން މައްސަލަ އަދި ސެކަންޑަރީ ސްކޫލްގެ ކޮންމެ 1000 ދަރިވަރަކަށް އަށް މައްސަލަ ރެކޯޑް ކުރެވިފައި ވެއެވެ.
މިއީ 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު ކޮންމެ ގަނާގެ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ، ޕްރައިމަރީ ގުރޭޑްތަކުގައި ކިޔަވާ ކޮންމެ 1000 ދަރިވަރުންނަށް ދެ މައްސަލައިގެ ރޭޓުންނެވެ. އަދި ސެކަންޑަރީ ގުރޭޑްތަކުގައި ރިޕޯޓް ކޮށްފައި ވަނީ ދަރިވަރުންނަށް ހަ މައްސަލައެވެ.
އެ މިނިސްޓްރީން ބުނީ އާ އޮނިގަނޑު ތަންފީޒު ކުރާނީ ހަމައެކަނި ބުލީ ކުރުމުގެ އިތުރުން ވައްކަމާއި ގެއްލުން ދިނުން ފަދަ އެހެން އަމަލުތައް ވެސް ހިމެނޭ ގޮތަށެވެ.
ސިންގަޕޫރުގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ސްކޫލުތަކުގައި ދިމާވާ ވަކިވަކި މައްސަލަތަކަށް ރިއާޔަތްކޮށް އިތުރު ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު އެ ސްކޫލުތަކަށް އޮންނާނެ ކަމަށެވެ. ފިޔަވަޅު އަޅާއިރު ދަރިވަރުގެ އުމުރާއި ފުރާވަރުގެ މިންވަރާއި ތައުލީމީ ގޮތުން ހާއްސަ ބޭނުންތަކާއި ނަފްސާނީ ދުޅަހެޔޮކަން ފަދަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި
ސްކޫލުގެ ނަތީޖާތަކުގެ ތެރޭގައި ރިފްލެކްޓިވް ރައިޓިން އެކްސަސައިޒްތައް ނުވަތަ ދަރިވަރުން ދަސްކުރި ފިލާވަޅުތައް އެކުވެރިންނާ ހިއްސާ ކުރަން މަޖުބޫރު ކުރުން ހިމެނޭ ކަމަށެވެ.
އެ މިނިސްޓްރީން މިފަދަ ފްރޭމްވޯކް އެކުލަވާލާފައިވަނީ ބުލީ ކުރުމާއި ގެއްލުން ދިނުމުގެ އަމަލުތައް ސްކޫލުތަކުން މެނޭޖް ކުރާ ގޮތާއި، އާންމުންގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެންނެވެ.
advertisment
ހިޔާލު