އެޑިޔުކޭޝަނާއި ހަޔަރ އެޑިޔުކޭޝަން އެއްކޮށްލައި މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީޢު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރޭގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމަށް ޑރ. އިސްމާއިލް ޝަފީޢު އައްޔަން ކުރައްވައިފިއެވެ.

ކުރިން ހަޔަރ އެޑިޔުކޭޝަން ސްކިލްސް ޑިވެލޮޕްމަންޓުގެ މިނިސްޓަރަކީ ޑރ. އަލީ ހައިދަރު އަޙްމަދެވެ. ޑރ. ހައިދަރު ވަނީ އެ މަޤާމުން މިއަދު އިސްތިއުފާދެއްވާފައެވެ.

ޑރ. އިސްމާއިލް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބްކަން ކުރެއްވިއެވެ.

ޑރ. ޝަފީޢު ބެޗްލާސް އޮފް ޓީޗިންގ ހެއްދެވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. މާސްޓަރސް ހެއްދެވީ އެޑިޔުކޭޝަން މެނޭޖްމަންޓްގެ ދާއިރާއިން މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ހެއްދެވީ އިނގިރޭސި ވިލާތުގެ ދުރުހަމް ޔުނިވަރސިޓީންނެވެ.

ޑރ. ޝަފީޢު ވަނީ މޭނާގެ ސްކޫލުގެ ޕްރިންސިޕަލެއްގެ އިތުރުން ޏ. އޭއީސީގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *