އެކްރެޑިޓޭޝަން އައު ގައިޑްލައިންގެ ދަށުން ހުރިހާ ކޯސްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް އެކުލަވާލައި އަމަލު ކުރަމުން އަންނަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕްރޮގްރާމްތަކަށް އަލުން އެޕްރޫވަލް ހޯދަން ޖެހޭނެ ކަމަށާއި އެކަން މަތީ ތައުލީމާ ބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ހުރިހާ އިންސްޓިޓިއުޝަންތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، މިހާތަނަށް އެކްރެޑިޓޭޝަން ހޯދަން އެއްވެސް ގޮތަކަށް ހުށައަޅާފައިނުވާ ކަމަށާއި މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކާއެކު ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށް، ބައްދަލުވުމެއް ބޭއްވިފައި ވަނީ މަދު އިންސްޓިޓިއުޝަންތަކާއެކު ކަމަށެވެ. 30 މަރުކަޒަކުން ދީފައިވާ ފޯން ނަމްބަރާއި އީމެއިލް މެދުވެރިކޮށް މިހާނަތަށް ގުޅޭގޮތް ނުވެފައި ކަމަށް އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ މަރުކަޒުތަކާ މިހާތަނަށް މުއާމަލާތް ކުރެވިފައިނުވި ނަމަވެސް 22 އޮކްޓޯބަރު 2027ން ފެށިގެން އެކްރެޑިޓޭޝަން ނުހޯދާ އިންސްޓިޓިއުޝަން ތަކުން ހިންގާ ޕްރޮގްރާމްތައް ބާޠިލްވާނެ ކަމަށް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައިވެއެވެ. ޕްރޮގްރާމް ހިންގަން ކުރިން އެޕްރޫވަލް ދީފައިވާ މަރުކަޒުތަކާއެކު އާ އެކްރެޑިޓޭޝަނާ ގުޅޭގޮތުން މުއާމަލާމާތް ކުރެވިފައި ނުވާނަމަ މެއި 31ގެ ކުރިން ހިއްސާކޮށް މެއިލްކުރުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.
އަދި ވީހާވެސް އަވަހަކަށް ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަން ހޯދުމަށް އެ އޮތޯރިޓީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
advertisment
ހިޔާލު