އެމްއެންޔޫގެ މެރިޓައިމް ސްޓަޑީޒް އިން އައިއެސްއޯ ސެޓިފިކޭޝަން ދަމަހައްޓައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް (ސީ.އެމް.އެސް) އިން ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ އައި.އެސް.އޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ސެޓިފިކޭޝަން ކާމިޔާބުކަމާއެކު އައުކޮށްފިއެވެ.

ބިއުރޯ ވެރިޓާސް (ބީ.ވީ) މެދުވެރިކޮށް މި ސެޓިފިކެޓް ހޯދުމަށްޓަކައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސީ.އެމް.އެސް އިން ވަނީ ވަރަށް ފުރިހަމަ އޮޑިޓެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޑިޓުން ފާހަގަވި ކަންކަން އިޞްލާޙުކުރުމާ ގުޅިގެން، ސީ.އެމް.އެސް އަށް މިހާރު ވަނީ އައި.އެސް.އޯ 9001:2015 ސެޓިފިކޭޝަން އަލުން ލިބިފައެވެ. މި ސެޓިފިކެޓް 28 ނޮވެމްބަރު 2028 ގެ ނިޔަލަށް ދެމިއޮންނާނެއެވެ.

މި ކާމިޔާބީއަކީ ތަޢުލީމާއި ތަމްރީނު ދިނުމުގައާއި، މުއައްސަސާގެ ފެންވަރު ހިފެހެއްޓުމުގައި އެމް.އެން.ޔޫ އިން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ޔުނިވަރސިޓީގެ އިދާރީ އަދި ތަޢުލީމީ މަސައްކަތްތައް ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ.

މި ސެޓިފިކޭޝަންގެ ސަބަބުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނާއި، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ އެސް.ޓީ.ސީ.ޑަބްލިޔު ކޮންވެންޝަންގެ ގަވާއިދު I/8 އާ އެއްގޮތަށް ކޮލިޓީ ހިފެހެއްޓޭނެކަން ކަށަވަރުވެގެންދެއެވެ.

މީގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި މެރިޓައިމް ތަމްރީނުދޭ މުހިންމު މަރުކަޒެއްގެ ގޮތުގައި ސީ.އެމް.އެސްގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި ޚާއްޞަކޮށް އެ ޔުނިވަރސިޓީގެ ކޮލިޓީ ހިފެހެއްޓުމަށް ޤާއިމް ކޮށްފައިވާ އުސޫލުތައް މި އޮޑިޓް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *