އެމްއެންޔޫގެ ދަސްވެނިވުން މި މަހު 29 އަދި 30ގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން މި މަހު 29 އަދި 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން ބުނީ، މި އަހަރު ވެސް ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ހަތަރު ސެޝަނަށް ބަހާލައިގެން ކަމަށެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވަނީ އެ ޔނިވަރސިޓީގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތު ޓީވީއެމުން ވަގުތުން ގެނެސްދެއެވެ.

ދަސްވެނިވުމުގެ ފުރަތަމަ ސެޝަން އޮންނާނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ހެނދުނު 9:0ގައެވެ. ދެވަނަ ސެޝަން އޮންނާނީ އެ ދުވަހު މެންދުރު 13:00ގައެވެ. ތިންވަނަ ސެޝަން އޮންނާނީ 30ވަނަ ދުވަހުގެ ހެނދުނު 9:00ގައެވެ. ހަތަރުވަނަ ސެޝަން އޮންނާނީ އެ ދުވަހު މެންދުރުފަހު 13:00ގައެވެ.

އެމްއެންޔޫއަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ދަރިވަރުން ދަސްވެނިވާ ޔުނިވަރސިޓީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *