ޕީއެސްއެމް ރަންމުތް މަދަހަ މުބާރާތުގެ އެއްވަނަ މި އަހަރުވެސް އިޙްތިސާމަށް

ޕީއެސްއެމް ރަންމުތް މަދަހަ މުބާރާތުގެ އެއްވަނަ އިޙްތިސާމަށް ޝަރަފުވެރިމެހުމާނު އިނާމް ހަވާލުކޮށްދެއްވަނީ: މިއީ މި މުބާރާތުގެ އެއްވަނަ އިޙްތިސާމް ހޯދާ ދެވަނަ އަހަރު: ފޮޓޯ: ޕީއެސްއެމް

މި މުބާރާތުން ދެވަނަ ލައިސާއަށް ތިންވަނަ ޒާހިލްއަށް

ޕީއެސްއެމް ރަންމުތް މަދަހަ މުބާރާތުގެ އެއްވަނަ ލިބުނީ މިދިޔަ އަހަރު ވެސް އެއްވަނަ ހޯދި އިޙްތިސާމް އިބްރާހީމް، ޅ. ނައިފަރު ލޯޑްވިލްމާގެއެވެ.
ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ރަންމުތް މަދަހަ މުބާރާތުގައި މި އަހަރު 126 ފަރާތަކުން ބައިވެރިވިއެވެ.

މި މުބާރާތުން އެއްވަނަ ހޯދި އިޙްތިސާމްއަށް ޕީއެސްއެމްއިން ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތުން ދެވަނަ ހޯދީ އާމިނަތު ލައިސާ ހިލްމީ، ފ.މަގޫދޫ ވީނަސްވިލާއެވެ. ތިންވަނަ ހޯދީ ޒާހިލް އިބްރާހީމް ރަމީޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *