ނިމިދިޔަ ރަމަޟާންމަހު ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުން އެއްވަނަ ގދ. ފިޔޯރީ ސައިރެސް، ޔޫސުފް އާކިން އަޙުމަދު ޝަރީފް ހޯދައިފިއެވެ.
ޤުރްއާން މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާނެވެ.
އާކިން ވަނީ، 10 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން އެއްވަނަ ވެސް ހޯދާފައެވެ. އެއްވަނަ އަށް ޕީއެސްއެސްއެމްއިން ކަނޑައަޅާފައި ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތުން 2ވަނަ ހޯދީ، ގދ. ފިޔޯރީ، ސައިރެންސް، އައިޝާ އައިލިޝް އަހުމަދު ސަޢީދެވެ. އޭނާ ވަނީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން 1 ވަނަ ހޯދާފައެވެ.
ދެވަނައަށް ކަނޑައަޅާފައި ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމެކެއެވެ.
3ވަނަ ހޯދީ ޢުމަރު މުޙައްމަދު އިޘާމެވެ. އޭނާ ވަނީ 7 އަހަރާއި 10އަހަރާ ދެމެދުގެ ޢުމުރުފުރާއިން 1ވަނަ ހޯދާފައެވެ. ތިންވަނަ އަށް ދެނީ ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 7،000ރ. ގެ ފައިސާގެ އިނާމެކެއެވެ.
ޕީއެސްއެމް ނިވްސްގައި ބުނެފައިވާ ގޮތުން ނިމިދިޔަ ރަމަޟާން މަހު ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރްއާން މުބާރާތުގައި ތިން އުމުރުފުރައެއްގައި 758 ކުދިން ބައިވެރިވެފައިވެއެވެ. ފަނޑިޔާރުންގެ 40 އިންސައްތަ މާކްސް ލިބިގެން ޓީވީއެމުން ގެނެސްދީފައި ވަނީ 690 ކުދިންގެ ކިޔެވުމެވެ.
advertisment
ހިޔާލު