ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފެކަލްޓީ އޮފް އާރޓްސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލެންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ އެޕްރީލް ވާ ހޮނިހިރު ދުވަހުގެ އަށް އިތުރުކޮށްފިއެވެ. ސުންގަޑިއަކީ އެ ދުވަހުގެ ރޭ 23:59 އެވެ.
އެމްއެންޔޫއިން ބުނީ، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ fa@mnu.edu.mvއަށް އީމެއިލް ކުރުމަށް އެ ޔުނިވަރސިޓީން އެދެއެވެ.
15 ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގައި ކިޔަވައި ދޭނީ ހޯމަ ދުވަހާއި ބުދަ ދުވަހުއެވެ. ވަގުތަކީ މެންދުރު ފަހު 3:00ން 5:00 އެވެ. ކިޔެވުން ކުރިއަށް ގެންދާނީ ކުލާސްތަކަށް ހާޒިރުވެގެންނެވެ.
advertisment
ހިޔާލު