ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންނަށް ޚާއްޞަ ސެޝަނެއް މާދަމާ ހަވީރު ހުޅުމާލޭގައި ޒެޑެކްސް ސްޓަޑީ އެބްރޯޑުން ބާއްވަން ނިންމައިފިއެވެ. މި ސެޝަން އޮންނާނީ މާދަމާ ހަވީރު 4ން7އަށް ރެޑް ސްނެޕަރ ލައުންޗްގައެވެ.
ޒެޑެކްސް އިން ބުނީ މާދަމާގެ ސެޝަނަކީ ސަރުކާރުން ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯނަށް ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމާއި ފޯމް ހުށައެޅުމުގައި ދިމާވާ ދަތިތަކާއި އޮޅުންބޮޅުންތައް ހައްލުކޮށްދީ، އިތުރު އިތުބާރާއެކު ކުރިމަތިލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ސެޝަނެއް ކަމަށެވެ.
ޒެޑެކްސް އިން ބުނީ މި ސެޝަނަކީ އަޖުމަބަލާ ލުމުގެ ގޮތުން ވެސް ބައިވެރިވުން މުހިންމު ޝެޝަނެއް ކަމަށާއި މަތީ ތައުލީމަށް ކިޔަވަން ލޯން ސްކީމަށް ކުރިމަތިލާއިރު ކުރިން ނޭނގޭ އެތައް މައުލޫމާތާއި ވިސްނަންޖެހޭ އެތައް ކަމެއްގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. މި ސެޝަން ގްރޭޑް 12 ނިންމާފައިވާ ދަރިވަރުންނާއި، ރާއްޖޭން ބޭރުގައި ކިޔެވުމަށް ތައްޔާރުވަމުންދާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް މުހިންމު ކަމަށް ޒެޑެކްސްއިން ބުނެއެވެ.
ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި ޒެޑެކްސް ސްޓަޑީ އެބްރޯޑްގެ މި ސެޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޒެޑެކްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު، 9902788 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. ހާއްސަކޮށް މެލޭޝިއާ ފަދަ ގައުމުތަކުގެ މޮޅު ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި، ވިސާގެ ކަންކަމާއި، ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
advertisment
ހިޔާލު