ކިޔަވަން ދިއުމުގެ ކުރިން ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށް އެދެވޭނެ، ފީއެއް ދައްކާކަށް ނުޖެހޭނެ: އެމްކިޔުއޭ

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށް ވެސް އެދެވޭނެ ކަމަށާއި އެކަމަށް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރަން ދޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ގެ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކޮށްދޭ ފަރާތްތަކުން ވަރަށް ބޮޑު ފީއެއް ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ފަރާތްތަކާ ގުޅިގެން ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހި އެ ދަރިވަރުންނަށް ކުލާސްތަކުގައި ބައިވެރިނުވުވުމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށެވެ.

އެމްކިޔުއޭގޭ ބަޔާނުގައި ބުނެފައިވަނީ، ބޭރަށް ކިޔަވަންދާ ދަރިވަރު އަމިއްލައަށް ވެސް "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހޯދަން އީމެއިލް މެދުވެރިކޮށް އަދި އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *