ސާކް ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް އިން ރިހެބިލިޓޭޝަން ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު

އެމްއެންޔޫގެ ދަރިވަރުންތަކެއް ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ޕީއެސްއެމް

ސާކް ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް އިން ރިހެބިލިޓޭޝަން ސައިންސްގެ ދާއިރާއިން ކިޔަވަން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ބަންގުލަދޭޝްގައި ކިޔަވަން ދޭ މި ސްކޮލަރޝިޕަށް އެޕްރީލް 12 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށައަޅަން ޖެހެއެވެ.

މި ކޯހުގެ ޝަރުޠެއްގެ ގޮތުގައި، ފިޒިއޮތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއާއި ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީއާއި މެޑިސިންއާއި ނާރސިންއާއި ޕްރޮސްތެޓިކްސް ނުވަތަ އޯތޮޓިކްސް ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން ކަނޑައަޅާފައިވެއެވެ.

އަދި TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުމާއި ކޯހާއި ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓާރންޝިޕް / މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި

4އެދޭ ކޯހާއި ގުޅޭގޮތުން ބަންގްލަދޭޝް ހެލްތް ޕްރޮފެޝަން އިންސްޓިޓިއުޓް ވެބްސައިޓްގައި ނުވަތަ މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވާން ޖެހެނޭ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ،  މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި މިނިސްޓްރީއިން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ކަމަށެވެ.

އަދި މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ޚަރަދު ހަމަޖައްސާނީ ސާރކް ޑިވެލޮޕްމަންޓް ފަންޑުން ކަމަށެވެ.

އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 14 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެ ކަމަށާއި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް ވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *