ޢަރަބިބަސް އުނގެނެން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމެއް ޤުރްއާނާ ބެހޭ މަރުކަޒުން ފަށަނީ

ޢަރަބިބަސް އުނގެނެން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތެއް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

މިއީ މުޅިން އަލަށް ޢަރަބި ބަސް ދަސްކުރަން ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން ޢަރަބި ބަހުގެ ޝައުގުވެރިކަން އުފެއްދުމަށްޓަކައި "ޢަރަބިބަސް އުނގެނެމާ (ކުރޭޝް ކޯސް)" ގެ ނަމުގައި އެ މަރުކަޒުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގައި 18 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށެވެ.  ޕްރޮގްރާމް ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ފަރާތްތަކުން 15 އޭޕްރިލް 2026 ގެ 13:00 ގެ ކުރިން ގޫގުލް ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ފަރާތަށް ކަމަށް ޤްރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *