އެމްއެންޔޫއެސްޔޫގެ މަދަހަ މުބާރާތުން އެއްވަނަ ހޯދީ ފެކަލްޓީއަކަށް ސްކޫލް އޮފް ނަރސިންގ

އެމްއެންޔޫއެސްޔޫ-އެސްއެސްއެލްގެ 13ވަނަ ޤުރުއާން މުބާރާތް އަދި އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތުގައި ވަކިވަކި މަދަަޙަ ހުށަހެޅުމާއި، ފެކަލްޓީ ގުރޫޕު މަދަހަ ހުށަހެޅުމުގެ ބައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ވަކި ވަކި ވަކި މަދަޙަ ހުށަހެޅުމުގެ ބައިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިނީ :
ފާޠިމަތު މަފާޒާ، ސްކޫލް އޮފް ނާރސްިންގ
ނަޝްވާ ޢަބްދުލް މުޙްސިން ، ފެކްލްޓީ އޮފް އެޑިއުކޭޝަން
އާމިނަތު މުޒްނާ ވަޙީދު، ސްކޫލް އޮފް ނަރސިންގް
އަޙްމަދު ޝަޔާން ޝާމިން، ފެކަލްޓީ އޮފް ހެލްތް ސައިންސް އަދި،
އަޙްމަދު ޝާޠިރު ޢަލީ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އެވެ.

ގުރޫޕު މަދަޙައިގެ ބައިން އެންމެ މޮޅު 5 ހުށަހެޅުމަކަށް ހޮވިފައިވަނީ
ސްކޫލް އޮފް ނަރސިންގ އިން ހުށަހަޅައިދިން ‘ދާތީ ލިބެމުން ނޫރު އިލާހީ’
ސްކޫލް އޮފް މެޑިސިން އިން ހުށަހަޅައިދިން ‘ދުނިޔޭގެ ކަންފަތައް’ އަދި،
ފެކަލްޓީ އޮފް ހެލްތް ސައިންސް އިން ހުށަހަޅައިދިން ‘ފުރާނައިގެ ސިއްރެއް އެނގޭހޭ’ އެވެ.

މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފެކަލްޓީއަކަށް ސްކޫލް އޮފް ނަރސިންގ އިން ހޯދާފައިވާއިރު، ދެވަނަ ހޯދައިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސް، އަދި ތިންވަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން ހޯދާފައިވެއެވެ.

މި އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ-އެސް.އެސް.އެލް ޤުރުއާން މުބާރާތާއި، އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަޙަ މުބާރާތަކީ ގިނަ ދަރިވުންތަކެއް ބައިވެރިވި، ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމާލެވުނު ދެ މުބާރާތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *