ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ރޯވެ އެއް އިމާރާތް އަނދައިފިއެވެ.
އޭސީއެއްގައި ރޯވުމުގެ ސަބަބުން އަނދައިގެން ދިޔައީ އެއް ބްލޮކެއްގައި ހުރި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި ޕްރިންޓިން ރޫމުގެ އިތުރުން އެއް ކިލާސްރޫމެވެ.
މި އިމާރާތުގައި ރޯވި އަލިފާން ނިންވާލީ އެ ރަށު ރައްޔިތުން ނުކުމެ ބައގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެފައި ވަނީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އަދި، ސްކޫލަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
އައަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ޑރ. ޝަފީއު ވިދާޅުވެފައިވެއެވެ.

"މި ފުރުސަތުގައި، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަމެވެ. ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަމެވެ." ފޭސްބުގައި އެމަނިކުފާނު ރޭ ލިޔުއްވާފައިވެއެވެ.
advertisment
ހިޔާލު