ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން "މިސްގް ޕްލޭ ސްކޫލް" ހުޅުވައި ކިޔަވައިދޭން ފަށައިފިއެވެ.
މި ސްކޫލް ހިންގަނީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތް (މިސްގް)ގެ ފަރާތުންނެވެ. މިސްކޫލުގެ ކިޔެވުން އިއްޔެ ފެށީ 154 ދަރިވަރުންނާ އެކުގައެވެ. މި ސްކޫލުގައި ބޭބީ ނާސަރީގެ އިތުރުން ނާސަރީއަށް ވެސް ކިޔަވައިދެއެވެ. ކޮންމެ ދަރިވަރެއްގެ އަތުން މަހު ފީއެއްގެ ގޮތުގައި ނަގަނީ 250 ރުފިޔާއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސލުން ބުނީ، ރަސްމީކޮށް ސްކޫލުގެ ކިޔެވުން ފެށި ނަމަވެސް އަހަރުގެ ކޮންމެ ހިސާބަކުންވެސް ކުދިންނަށް ސްކޫލަށް ވަނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
advertisment
ހިޔާލު