ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރަން ސޮލެކްސްއަށް

ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ވިލިނގިލީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކެމްޕަހަކީ މުޅި ރާއްޖެއަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީ ކުރުމުގެ އިތުރުން ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތުގެ ދަށުން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީ ކުރުމަށް ކުންފުނިތަކާ ހަވާލުކޮށް ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. މި ތަންތަން ތަރައްޤީކުރަނީ ދަރިވަރުންނަށް ކްލާސްތައް ހިންގުމަށް އެކި ކްލާސްރޫމްތަކާއި އެ ކެމްޕަސްތަކުގައި ތިބެގެން ކިޔެވޭނެ ގޮތަށް ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކްތަކާއެކުގައެވެ.

މިއީ މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރުމުންދާ މަސައްކަތްތަކެކެވެ.

އަތޮޅުތެރެއަށް އެމްއެންޔޫގެ ކެމްޕަސް އިތުރުކުރަން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން މިހާރު 26އަށްވުރެ ގިނަ މަޝްރޫޢުއެއް ކުރިއަށް އެބަގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *