މިދިޔަ އަހަރު އެ ސްކޫލުން 300 ދަރިވަރުން އޭލެވެލްގައި ބައިވެރިވެފައިވޭ. އޭގެތެރެއިން 75 ދަރިވަރުން ގަދަ 10އެއްގައި ހިމެނި، 28 ދަރިވަރުން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުޠު ހަމަވޭ
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލްއަށް ވަންނަން ހުޅުވާލައިފިއެވެ.
އަޙްމަދިއްޔާއިން ބުނީ، އޭލެވެލްއަށް ވަންނަން މިހާރު ހުޅުވާލާފައިވާ ކަމަށާއި ފޯމް ބަލައިގަތުން ކުރިއަށް ގެންދާ ކަމަށެވެ.
އަޙްމަދިއްޔާއިން ބުނީ، މިދިޔަ އަހަރު އެ ސްކޫލުން 300 ދަރިވަރުން އެޑެކްސެލް އިމްތިޙާނުގައި ބައިވެރިވެފައިވައިވާ ކަމަށާއި އޭގެތެރެއިން 75 ދަރިވަރުން ގަދަ 10އެއްގައި ހިމެނި، 28 ދަރިވަރުން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ކަމަށެވެ.
އަހްމަދިއްޔާގައި އޭލެވެލްއަށް ކިޔަވައިދެނީ އެއް ދަންފަޅިއަށް ދެ ޖިންސަށް ވަކިންނެވެ.
ހިޔާލު