ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރަން 250 ސްކޮލަރޝިޕަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ފަރުވާއަށް އެ މިނިސްޓްރީން މިއަދު ހުޅުވާލީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށެވެ. ރާއްޖެއިން ބޭރުން ކިޔަވަން ފުރުޞަތު ހުޅުވާލީ، ޗައިނާއާއި ފިލިޕީންސްއާއި ތައިލޭންޑާއި މެލޭޝިއާއާއި އިންޑޮނޭޝިއާއާއި ވިއެޓްނާމާއި ސައުދީ އަރަބިއާއާއި ގަތަރާއި ޖޯޑަންއާއި ތުރުކީއާއި ރަޝިޔާއާއި ޗެކް ރިޕަބްލިކާއި ބެލަރުސްއާއި ސައުތް އެފްރިކާއާއި މިސްރުގެ އިތުރުން ފީޖީންއެވެ.
ތެރަޕިއުޓިކާއި ރިހެބިލިޓޭޝަން ޕްރޮފެޝަނަލްސް ސްކޮލަރޝިޕް ދެނީ ހަތް ދާއިރާއަކުންނެވެ.
ސައިކޮލޮޖީން ރާއްޖޭގައި ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީ ހަދަން 20 ފުރުޞަތު ދީފައިވެއެވެ. ކައުންސިލިން / ބިހޭވިއަރ ތެރަޕީ ރާއްޖޭގައި ހަދަން 30 ފުރުޞަތު ދީފައިވެއެވެ. އޮކިއުޕޭޝަނަލް ތެރަޕީން ޑިގްރީ ރާއްޖޭގައި ހަދަން 30 ފުރުޞަތު ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަތު ދީފައިވެއެވެ. ރާއްޖޭގައި ސްޕީޗް ތެރަޕީން ބެޗުލަރސް ޑިގްރީ ހަދަން 30 ފުރުޞަތު ރާއްޖެއިން ބޭރުގައި ބެޗުލަރސް ޑިގްރީ ފުރިހަމަ ކުރުމަށް 30 ފުރުޞަދު ދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް ވެސް 30 ފުރުޞަތު ދީފައިވެއެވެ. ބިހޭވިއަރ އެނަލިސިސް / ބިހޭވިއަރ ތެރަޕީން މާސްޓަރސް ޑިގްރީ ރާއްޖެއިން ބޭރުން ފުރިހަމަ ކުރުމަށް ކަނޑައަޅާފައި ވަނީ 20 ފުރުޞަތެވެ.
މި ސްކޮލަރޝިޕަށް އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ކުރިން އެޕްލިކޭޝަން ހުށައަޅަން ޖެހެއެވެ.
advertisment
ހިޔާލު