އޭލެވެލްއިންއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާ ދަރަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރެވޭ ގޮތަށް އަލުން ހަމަޖައްސައި އުސޫލަށް ބަދަލު ގެނެސްފިއެވެ.
ދވެއްސާއި އިސްލާމާއި އޭލެވެލްގެ ތިން މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ދެމުން އައި އުޞޫލަށް ބަދަލު ގެނައީ އިއްޔެއެވެ. އެ އުޞޫލުގައި އޭރު ބުނެފައި ވަނީ ރައީސްގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ވެސް ކިޔަވަން ފުރުޞަތު ދޭނީ ރާއްޖޭގެ ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން ކަމަށެވެ.
2024 ވަނަ އަހަރު އެކުލަވާލި އުޞޫލުގައި ވެސް ރައީސްގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖެއިން ޤަބޫލުކުރާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއެއްގައި ބޭނުން ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ދެއެވެ.
ޕްރެޒިޑެންޓް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް، ސްޓައިޕެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަށްވުރެ އިތުރަށް 6000 ރުފިޔާގެ އަލަވަންސެން ވަނީ ހަމަޖައްސައިދީފައެވެ. މިއީ، އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުން ރާއްޖޭގައި ކިޔަވަން ހިތްވަރު ދިނުމުގެ ގޮތުން މި ފަހަރު ގެނެސްފައިވާ ބަދަލެކެވެ.
ޕްރެޒިޑެންޓް ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. ޚިދުމަތް ނުކުރާ ފަރާތްތަކުން ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު، ކަނޑައަޅާ ގޮތެއްގެ މަތިން ދައްކަން ޖެހެއެވެ.
advertisment
ހިޔާލު