ހޫނުގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ސްކޫލްތަކުން އިލްތިމާސްކޮށްފިއެވެ.
މިފަދަ އިރުޝާދު ތަކެއް ސްކޫލްތަކުން ދޭން ފެށީ، ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއާ ގާތްކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައި ވަނިކޮށެވެ. މިހެންވެ މި ދުވަސްވަރު އެކްޓިވިޓީ ޔުނީފޯމުގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ވަނީ ދަރިވަރުންނަށް އަންގާފައެވެ.
ރާއްޖޭގައި މިހާރު އެންމެ ހޫނު ގަދަ ދުވަސްތައް ކުރިމަތިވަމުން އަންނަ އިރު، މި ދުވަސް މި މަހުގެ ނިޔަލަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މި ދަނޑިވަޅުގައި ސްކޫލުން ވަނީ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫ ސިޓީގައި ހުންނަ އިރުޝާދިއްޔާ ސްކޫލުން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންނަށް އިލްތިމާސްކޮށްފައިވެއެވެ.
އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.
"ކުދިން ސްކޫލަށް އަންނަނީ ރަނގަޅަށް ހައިޑްރޭޓްކޮށް، އެކަށީގެންވާ ވަރަށް ފެން ގެނެސް، ސީދާ އިރުގެ އަލިން ދުރުހެލިވިޔަ ނުދިނުމަށެވެ. މި ހޫނު މޫސުމުގައި އަޅުގަނޑުމެންގެ ދަރިވަރުން ރައްކާތެރި، ދުޅަހެޔޮ އަދި އަރާމު ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން" އެ ސްކޫލުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވެސް ކަމާ ބެހޭ އިދާރާތަކުން އަންނަނީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަމުންނެވެ. އެގޮތުން:
- ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
- ކުޑައަޅައިގެން ބޭރަށް ނުކުމެ އުޅުން
- ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
- ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮތްޕެއް އެޅުން
- ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
- ކަރުނުހިއްކި ނަމަވެސް ގިނައިން ފެންބުއިން
- ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
- ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން
advertisment
ހިޔާލު