ފާއިތުވި ތިން އަހަރު، އެމްއެމްއޭސީގެ އެންމެ މޮޅު ދަރިވަރުން ހޮވައިފި

އެމްއޭމްއޭސީ
ެންފާއިތުވި ތިން އަހަރު އެމްއެމްއޭސީން އެއްވަނަ ހޯދި ތިން ދަރިވަރުން: އެމްއެމްއޭސީން ދަނީ އެތަކެއް ދަރިވަރުންނަށް އެމީހުންގެ މިއުޒިކީ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން

މޯލްޑިވްސް މިޔުޒިކް އެންޑް އާޓް ސެންޓަރު (އެމްއެމްއޭސީ) ގެ ފާއިތުވި ތިން އަހަރު މަތީ ވަނަތަށް ޙާޞިލްކޮސްފައިވާ ދަރިވަރުންނަށާއި 2020 ވަނަ އަހަރު އިންޓަރނޭޝަނަލް މިޔުޒިކް އިމްތިޙާން ތަކުން މަތީ ވަނަތަށް ޙާޞިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފިއެވެ.

މީގެ ކުރިން މި އިނާމްތައް ދެމުން އައީ ދެ އަހަރުން އެއް އަހަރު ނަމަވެސް ކޮވިޑްގެ ޙާލަތާއި ވިދިގެން 2020 ގައި ބާއްވަން މަސައްކަތްކުރި ހަފްލާ ވަނީ ބޭއްވޭގޮތް ނުވެފައެވެ. މަތީ ވަނަތަކަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި، ތަޢުލީމީ ދާޢިރާގެ އިސް މުވައްޒަފުންނާއި އެ ދާޢިރާއާއި ގުޅުން ހުރި މަޝްހޫރު ފަރާތްތަކެވެ. އެމްއެމްސީއޭގެ ފާއިތުވި ތިން އަހަރު އެންމެ މޮޅު ދަރިވަރުންނަށް ބަލާއިރު،  2018 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކީ ޢާއިޝަތު ޒަޔާ ޝަހީމެވެ.

އެމްއެމްއޭސީގެ 2018 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޢާއިޝަތު ޒަޔާ ޝަހީމަށް ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އިނާމް ހަވާލުކޮށް ދެއްވަނީ

2019 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ ޢާއިޝަތު ޖޫނީ ޖިނާހުއެވެ.  ޖޫނީ ވަނީ 2017 ވަނަ އަހަރު ވެސް އެންމެ މޮޅު ދަރިވަރަކަށް ހޮވާފައެވެ.

އެމްއެމްއޭސީގެ 2019 އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޖޫނީ ޖިނާހަށް ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އިނާމް ދެއްވަނީ

2020 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ ލިޔާ މައުމޫނެވެ.

އެމްއެމްއޭސީގެ 2020 އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ލިޔާ މައުމޫންއަށް ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އިނާމް ދެއްވަނީ

އެމްއެމްއޭސީގެ އަހަރީ ހަފްލާ  ޝަރަފްވެރިކޮށްދެއްވާ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ދެއްވާ އިނާމާއި އެމްއެމްއޭސީގެ ފަރާތުން ދެއްވާ އިނާމުތަށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޢާއިޝަތު އާތިޔާ ނަޞީރެވެ.

2010 ގައި އުފެދުނު މޯލްޑިވްސް މިޔުޒިކް އެންޑް އާޓް ސެންޓަރަކީ ދިވެހިރާއްޖޭގެ ސްކޫލް ތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ފަންނުތަކުގެ ދާޢިރާގެ ތަޢުލީމާއި ތަމްރީނު ދުނިޔެ ޤަބޫލުކުރާ ފެންވަރެއްގައި ކިޔަވައިދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ސެންޓަރެކެވެ. މީގެ އިތުރުން މިދާޢިރާގައި މިހާރުވެސް ޙަރަކާތްތެރިވަމުންދާ ވިޒުއަލް އާޓިސްޓުންނާއި ޕާފޯމިންގް އާޓިސްޓުން އިތުރަށް ތާޒާކޮށް ތަމްރީނު ކުރުމަށާއި މިޔުޒިކާއި އާޓްސްގެ ބައިނަލް އަޤްވާމީ މުޤައްރަރަށް ކިޔަވައިދީ ތަމްރީނުކޮށް ރާއްޖޭއިން ބޭރުގެ މިފަދަ އިންޓަރނޭޝަނަލް އިމްތިހާނުތަކުގައި ދިވެހި ފަންނާނުންނާއި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސެންޓަރެކެވެ.

މޯލްޑިވްސް މިޔުޒިކް އެންޑް އާޓް ސެންޓަރަކީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ އިންޓަރނޭޝަނަލް އެގްޒޭމް ބޭއްވުމުގެ ލައިސަންސް އޮތް ދިވެހިރާއްޖޭގައި ހުރި ހަމައެކަނި ސެންޓަރެވެ. އެސެންޓަރުގައި މިޔުޒިކް ތިއަރީ، ޕިއާނޯ، ގިޓާ، ވޯކަލްސް ގެ އެގްޒޭމްތަށް ކޮންމެ އަހަރަކުވެސް ދަނީ ބާއްވަމުންނެވެ. މިސެންޓަރަށް މިހާރު ވަނީ 11 އަހަރު ފުރިފައެވެ.

އަދި ވޭތިވެ ދިޔަ ތިން އަހަރު ސްރީލަންކާގައި ބޭއްވި މިޔުޒިކް އިމްތިހާނުތަކުން އެސެންޓަރުގެ ދަރިވަރުންވަނީ އެއް ވަނަ ހޯދާފައެވެ. އަދި 2020 ގައި ރާއްޖޭގައި ބޭއްވި އިމްތިހާނު ތަކުން ޓްރިނިޓީ "ޓޮޕް ސްކޯރަރ އެވޯޑްސް" ފަސް ދަރިވަރަކު  ހޯދާފައިވެއެވެ.

ޓްރިނިޓީ "ޓޮޕް ސްކޯރަރ އެވޯޑްސް" ހޯދި ދަރިވަރުންނަކީ:

  • އައިޝަތު ޖޫނީ ޖިނާޙް
  • އާއިޝަތު ޒަޔާ ޝަހީމް
  • ޝާލް ޢަބްދުﷲ ޝަރީފް
  • ޢާއިޝަތު އިބާ އަދީފް
  • މާޝީ މަދީހް އެވެ.

މިވަނަ ތަކަށް އިނާމު ދެއްވީ ރާއްޖޭގެ މަޝްހޫރު ފަންނާނު އަދި މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރު އިސްމާޢީލް އައްފާނެވެ.

ޗެއާމަން އަލީ ޢަބްދުލްކަރީމް : ފިޒިކްސް އާއި މިޔުޒިކާއި ހުރި ގުޅުމުގެ މައްޗަށް މި ހަފްލާގައި ވާހަކަ ދައްކަވާފައި

މި ހަފްލާފައި އެޑިއުކޭޝަން ޢާއިޝަތު އާތިޔާ ނަޞީރް ދެއްކެވި ވާހަކަ ފުޅުގައި ވަނީ އާޓްސް ދާޢިރާގެ ތަޢުލީމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި ޗެއާމަން ޢަލީ ޢަބްދުލްކަރީމްގެ ވާހަފުޅުގައި ވަނީ ފިޒިކްސް އާއި މިޔުޒިކާއި ހުރި ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *