ގުރޭޑް 5 ން ދަށަށް " ސްކިލް އަޕް" ޕްރޮގްރާމް އިމާދުއްދީނުން ފަށައިފިއެވެ.
އިމާދުއްދީނުން ބުނީ " ސްކިލް އަޕް" ޕްރޮގްރާމް ގުރޭޑް ފަހަކުން ދަށުގެ ކުދިންނަށް ގެންދަނީ ކުލަބުތަކުގެ ހަރަކާތްތައް އެކުދިންނަށް ނުގެންދާތީއެވެ.
ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާއިރު، ދެ ހަފުތާއިން އެއް ހަފުތާގައި، ސްކޫލްގަޑީގައި މި ހަރަކާތް ގެންދާނެއެވެ.އިމާދުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ލީނާ ވިދާޅުވީ " ސްކިލް އަޕް" ޕްރޮގްރާމުން އެކުއްޖެއްގެ އުމުރާ ގުޅޭ ތަފާތު ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
" ކުލަބުތަކުގެ ހަރަކާތްތައް ގުރޭޑް ހަޔަކުން މަތީ ގުރޭޑްތަކަށް ގެންދާތީ ހުނަރު ތަރައްގީކުރާނެ ޕްރޮގްރާމެއް ގުރޭޑް ފަހަކުން ދަށުގެ ދަރިވަރުންނަކަށް ނޯވޭ. އެހެންވެ އެ ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މި ޕްރޮގްރާމް ފެށީ" ލީނާ އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ.
ލީނާ ވިދާޅުވީ "ސްކިލް އަޕް" ޕްރޮގްރާމު ކުރިއަށް ގެންދާނީ ވަކި މައުޟޫއެއް ކަނޑައަޅައިގެން ކަމަށާއި، އެ މައޫޞޫއަކާ ގުޅޭ ގޮތުން ރިސޯސްބޭފުޅުންގެ ގޮތުގައި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
advertisment
ހިޔާލު