16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް މީސްމީޑިއާ މަނާކުރަން ހުށައެޅި ޕެޓިޝަނުގައި މިހާތަނަށް ސޮއިކުރީ އެންމެ 112 މީހުންނެވެ.
ސޯޝަލް މީޑިޔާ 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭ ގޮތްހަދާ, އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭނޭހެން ކަނޑައަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އޮންލައިންކޮށް ޕެޓިޝަން ހުށައެޅީ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ޕެޓިޝަނުގައި ސޮއިކުރަން އާންމުކޮށް ހުޅުވާލީ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި ޕެޓިޝަނުގެ މުއްދަތު ހަމަވަނީ މާރޗް މަހުގެ 30 ވަނަ ދުވަހަށެވެ. ދެން ބާކީ އޮތީ އެންމެ 13 ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ ޕޯޓަލް މެދުވެރިކޮށް، ޢަލީ ޢާނިމް މުފީދު، އަތަމާވިލާ ސ. ހިތަދޫ، ހުށައެޅި ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުންނކޮށްގެން ސޯޝާލް މީޑީޔާގެ އެކި މަންސުތަކުގެ ބޭނުން ކުރެއެވެ. އަދި އެކުދިން ކުރާ ކަމެއް ގިނަވަގުތު ބަލާލަން ބެލެނިވެރިންނަށްވެސް ވަގުތެއް ނުވާ ހާލަތްތަކާއިވެސް ދިމާވެއެވެ.
އެ ޕެޓިޝަން ހުށައެޅުމުގޭ ބޭނުމަކީ، ކުޑަ ކުދިންނަށް ޔޫޓިއުބް, ޓިކްޓޮކް އަދިވެސް އެހެނިހެން މަންސްތަކުން ދަނީ އެކި ކަހަލުގެ ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށް ދެމުން, މިހެން މިކަން އޮތުމުން ކުޑަ ކުދިންނަށް އެކި ކަހަލުގެ ނޭދެވޭ އަހުލާގީ އަދި ތޮބީޢީ ބަދަލުތަކެއް އަންނަކަން ފެންނާތީ މިކަން ކަމުގައި ޓެކުނޮލޮޖީ އާއި ދުނިޔެއައް އަންނަ ބަދަލުތަކަށް ބިނާކޮށް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވަދުތައް އަދާ ހަމަ ކުރުމަށް ކަމަށް ބުނެފައިވެއެވެ.
ޢަލީ ޢާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫ އިސްވެ ހުށައެޅި ޕެޓިޝަނުން ބޭނުންވާ ޙައްލެއް ކަމަށް ބުނެފައިވާ ގޮތުގައި، ސޯޝަލްމީޑިޔާ (ފޭސްބުކް, ޓްވިޓާ), ބޮޑެތި މީހުނަށް ހަދާފައި ހުންނަ ވީޑިޔޯ ޕްލެޓްފޯމްތައް(ޔޫޓީއުބް, ޓިކްޓޮކް) އަދި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭގޭނޭހެން ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކޮށް, ޕްލެޓްފޯމް ތަކަށް މިގާނޫނުގައި އޮކުލަވާލާ ގަވައިދާއި އެއްގޮތަށް ދިވެހި ދަރީންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެންމެ ރަންގަޅު ގޮތަކަށް އަމަލު ކުރާން އެންގުމެވެ. އަދި ސޯޝަލްމީޑިޔާގެ ވަސީލަތްތަކަށް ވަނުން މަނާ އުމުރުގެ ކުޑަ ކުދިން މި ގަވައިދު ނުވަތަ ގާނޫނު ހެދުމަށް ފަހު އެކަން ކުރާނަމަ, ނުވަތަ ސޯޝާލް މީޑިޔާއައް ނުވަންނަން މި ގާނޫނުނ ނުވަތަ ގަވައިދުގައި އޮތް އުމުރުން ދަށުގެ ކުދިން ސޯޝަލް މީޑިޔާއަށް ވަދެ ހާދާކަން އެނގޭހިސާބުން އެކުދިންގެ ބެލެނިވެރިންނާއި އެކުއްޖަކަށް ނުވަތަ ކުދިންނަށް ކައުންސެލިން ނުވަތަ ނަސޭހަތްތެރިވުން, އަދި ތަކުރާރުކޮށް ކުޑަ ކުއްޖަކު ސޯޝަލް މީޑިޔާއައް ވަދެ އުޅޭނަމަ ޖެންޑާ މިނިސްޓްރީއައް ހާއްސަ ބާރުތަކެއް ދީ ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލެވޭނެ ނިޒާމެއް ގާއިމް ކުރުމެވެ. ސްކޫލްތަކާއި ކޮލެޖު ތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފަށަން ވެސް މި ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
ސޯޝަލް މީޑިއާ 16 އަހަރުގެ ކުދިންނަށް މާނަކުރުމުގެ ވާހަކަ ދެކެވެން ފެށީ އޮސްޓްރޭލިއާގައި އެ މަސައްކަތް ފަށައި ކާމިޔާބު ތަޖުރިބާއެއް ކުރަން ފެށުމުން، އިތުރު އެހެން ޤައުމުތަކުގައި ވެސް އެ މަސައްކަތް ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
މި ޕެޓިޝަންގައި ސޮއިކުރަން މި ލިންކް ލިންކް ބޭނުން ކުރެވިދާނެއެވެ.
advertisment
ހިޔާލު