ރޭޑިއޭޝަން ޑިޒާސްޓަރގެ ދާއިރާއިން ޖަޕާނުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

ހިރޮޝިމާ ޔުނިވާސިޓީ އިން ހިރޯޝިމާ އިނީޝިއޭޓިވް ގެ ދަށުން ކުރިއަށްގެންދާ ފީނިކްސް ލީޑަރ އެޑިޔުކޭޝަން ޕްރޮގްރާމް ފޮރ ރެނައިސަންސް ފްރޮމް ރޭޑިއޭޝަން ޑިޒާސްޓަރ ކޯހުގެ އޮކްޓޫބަރު އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހުޅުވާލާލައިފިއެވެ.

ހިރޯޝިމާ އިނީޝިއޭޓިވް ގެ ދަށުން ހުޅުވާލީ، ހަތަރު އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ރޭޑިއޭޝަން ޑިޒާސްޓަރ މެޑިސިން ކޯހާއި، ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ރޭޑިއޯއެކްޓިވިޓީ އެންވަޔަރަމަންޓަލް ޕްރޮޓްކްޝަން ކޯހާއި، ރޭޑިއޯއެކްޓިވިޓީ ސޯޝަލް ރިކަވެރީ ކޯހަށެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ހިމެނޭ ދެ އަހަރުގެ މާސްޓާސް ޕްރޮގްރާމް  ފުރިހަމަކުރުމަށްފަހު ތިން އަހަރުގެ ޑޮކްޓޯރަލް ޕްރޮގްރާމް ފުރިހަމަކުރަން ބޭނުންނަމަ، އެ ފުރުސަތު އޮންނާނެ ކަމަށެވެ.  އަދި، ދެ އަހަރުގެ މާސްޓަރސް އޮފް ސައިންސް އިން ރޭޑިއޯއެކްޓިވިޓީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެންޑް ރޭޑިއޯއެކްޓިވިޓީ ސޯޝަލް ރިކަވަރީ  ކޯސް ވެސް މި އަހަރު ފަށަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓް   އާއި  ކުރި  އިން ލިބެން ހުންނާނެއެވެ. މި ޕްރޮގްރާމަށް އެލްޕިކޭޝަން ހުށަހެޅުމަށްޓަކައި، ތިރީގައިވާ ލިންކް އަދި އީމެއިލް އެޑްރެސް ބޭނުންކުރެވޭނެއެވެ. ވީމާ، ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ހިރޮޝިމާ ޔުނިވާސިޓީގެ ވެބްސައިޓް މެދުވެރިކޮށް 27 މާރިޗު 2026 ދުވަހުގެ 13:00 ގެ ނިޔަލަށް ޕްރިލިމިނަރީ އިވެލުއޭޝަނަށް އެޕްލައި ކުރުމަށްފަހު 19 މެއި 2026 ދުވަހުގެ 13:00 ގެ ކުރިން  އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް މަތީ ތަޢުލީމާބެހެ ވުޒާރާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *