އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި ނާދިރާ ހަސަން ހަމަޖައްސަވައިފިއެވެ.
އިއްޒުއްދީނުގައި ކުރިން ހުންނެވި ޕްރިންސިޕަލް އިސްމާއިލް ނަސީރު ރ. ވާދޫ ސްކޫލަށް ބަދަލުކުރެއްވުމުން އެ ސްކޫލް ހިންގެވީ އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތުމަތު ސުޒާއެވެ.

ނާދިރާ ދަރިވަރު ނޫހަށް ވިދާޅުވީ މި ހަފްތާގައި އިއްޒުއްދީނަށް ނުކުންނަވަން އެޑިއުކޭޝަން މިނިސްޓްރީން އެންގެވި ނަމަވެސް ހަފްތާއަކަށް މަޑުކޮށްލީ އެ ސްކޫލްގެ ޕްރިންސިޕަލް މެޑިކަލް ލީވްއެއްގައި ހުންނެވުމުން ކަމަށެވެ.
" ޕްރިންސިޕަލް ލީވްއެއްގައި ހުންނަވަނިކޮށް ސްކޫލް ދޫކޮށްލާފައިދާން ބޭނުންނުވާތީ އެޑިއުކޭޝަންގައި އެދިގެން ހަފްތާއަކަށް މަޑުކޮށްލީ. އެގާރަ އަހަރު އެއް ސްކޫލެއްގައި އުޅޭއިރު، އެތަނަކަށް ލޯތްބަކާއި ކުލުނެއްވެސް ހުންނާނެތާ" ނާދިރާ ވިދާޅުވިއެވެ.
ހިރިޔާ ސްކޫލުން މިއަދު ވަނީ ނާދިރާ އެ ސްކޫލާ ވަކިވެވަޑައިގެންނަވާތީ އެކަން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލްގައި ޚާއްޞަ އެސަމްބްލީއެއްވެސް ބާއްވާފައެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނާދިރާ ވަނީ ދާދި ފަހުން ޕީއެޗްޑީ ނިންމަވާފައެވެ.
އިއްޒުއްދީން ސްކޫލަކީ މާލޭގެ ސަރަހައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. މިއަހަރުގެ ދިރާސީ އަހަރު އެ ސްކޫލުން ފެށީ 232 ކުދިންނާއެކުގައެވެ.
advertisment
ހިޔާލު