މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕްގައި އެމްއެންޔޫގައި ކިޔެވުމުގެ ފުރުޞަތު އީނާސް އަށް

 

މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕްގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި ކިޔެވުމުގެ ފުރުޞަތު އައިޝަތު އީނާސް އަށް ލިބިއްޖެއެވެ.

އީނާސްއާ "މައުމޫން ފައުންޑޭޝަން ސްކޮލަރޝިޕް"ގެ ސްކޮލަރޝިޕް ހަވާލުކޮށް ދެއްވީ އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ދުންޔާ މައުމޫނެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި މާސްޓަރ އޮފް އެޑިޔުކޭޝަން ކޯހުގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލި ސްކޮލަޝިޕް މި ޕްރޮގްރާމަށް ހަ ދަރިވަރުން ކުރިމަތިލިއެވެ.

މި ސްކޮލަރޝިޕަކީ ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހޯދާ އަދި އިސްނެގުމުގެ ހުނަރު ހުރި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ދޭ ފުރުސަތެކެވެ.

މައުމޫން ފައުންޑޭޝަނުން އަންނަނީ ތައުލީމަށް ޚާއްޞަ ސްކޮލަރޝިޕް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *