އެމްއެންޔޫއިން އޭދަފުށީގައި އަޅާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބ. އޭދަފުށީގައި އަޅާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދެވެ.

އެމްއެންޔޫ އޭދަފުށީ ކެމްޕަހުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މި މަސައްކަތް ކުރަނީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 80.9 މިލިއަން ރުފިޔާއަށެވެ.

6000 އަކަފޫޓްގެ ސަރަޙައްދެއްގައި އޭދަފުށީ ކެމްޕަސް ތަރައްޤީ ކުރަނީ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހިމެނޭ ގޮތަށެވެ.

އެމްއެންޔޫގެ ކެމްޕަސްތަކެއް ބައެއް އަތޮޅުތަކުގައި ހުރިއިރު އިތުރު އަތޮޅު ތަކުގައި ކެމްޕަސް ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *