ޑީޕީއީގެ ސިސްޓަމުތައް ހެކަރުންތަކެއް ހައިޖެކުކުރިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ޑީޕީއީ

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ސިސްޓަމުތައް ހެކަރުންތަކެއް ހައިޖެކުކުރިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފިއެވެ.

އެ އިދާރާއިން  ބުނީ އެ އިދާރާގެ ސިސްޓަމުތަކަށް ރެންސަމްވެއަރގެ އެޓޭކެއް އައިސް ސިސްޓަމުތައް ހެކަރުންތަކެއް ހައިޖެކުކޮށްފި ކަމަށް ދެކެވެމުންދާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. ހަގީގަތް ހާމަކޮށް ޑީޕީއީ އިން ބުނީ، ރެންސަމްވެއަރ އެޓޭކެއް އިއްޔެގެ ވަގުތެއްގައި ކުރިމަތިވި ކަމަށާއި، އެ ވަގުތުން އެކަން އެ އިދާރާގެ އައިޓީ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

" މި އިދާރާގެ އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކައުތެރިކަމާއެކު ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ." ޑީޕީން ބުނެފައިވެއެވެ.

" މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މި އިދާރާގެ އައި.ޓީ. މުވައްޒަފުންގެ މަސައްކަތުން، ދަތިނުވެ ތަނުގެ މަސައްކަތް ކުރެވޭ ޙާލަތަށް މި އިދާރާ ގެނެސް، އިތުރަށް ކުރަންޖެހޭ ކަންތައްތައް ކުރެވެމުންދާކަމުގައި ދަންނަވަމެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *