އޮފީސްތަކުގެ ޤުރްއާން މުބާރާތުން އެއްވަނަ އެމްއެންޑީއެފުން ހޯދައިފި

ނެޝަނަލް ސެންޓަރ ފޯރ ހޯލީ ޤުރްއާނުން އިންތިޒާމްކޮގެން ބޭއްވި އޮފީސްތަކުގެ ޤުރްއާން މުބާރާތުން އޮފީސް/ ކުންފުނިތަކުގެ ބައިން އެއްވަނަ މުއައްސަސާގެ މަޤާމް އެމްއެންޑީއެފް ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރިއެވެ.

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.

މުބާރާތުގެ ވަނަތައް:
  • އޮފީސް / ކުންފުނިތަކުގެ ބައިން މުޅި މުބާރާތުން 1ވަނަ މުއައްސަސާ އެމް.އެން.ޑީ.އެފް
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން ފިރިހެން 1ވަނަ
  • މުޙައްމަދު ޝަފްޢާން ސުލައިމާން / ކެޕިޓަލްމާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  • ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1ވަނަ ޚަދީޖާ ޙަމީދު / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 1ވަނަ ރަނާ އިބްރާހީމް / އެމް.އެން.ޑީ.އެފް
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 1ވަނަ ޔަޢީޝް މުޙައްމަދު ނިޔާޒް / މޯލްޑިވްސް ކަސްޓަމްސް ސަރވިސް
  • ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން އަންހެން 2ވަނަ މާޔާ މުޙައްމަދު / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 2ވަނަ ފާޠިމަތު ޝާޔާން ފަތުޙީ / ދިރާގު
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 2ވަނަ މުޙައްމަދު މިރާޙް / ދިރާގު
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން ފިރިހެން 3ވަނަ މުޙައްމަދު މާދިން މޫސާ / މޯލްޑިވްސް ކަސްޓަމްސް ސަރވިސް
  • އޮފީސް / ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3ވަނަ މަރްޔަމް ރިޒްނީ އަޙްމަދު ވަސީމް / އެމް.އެން.ޑީ.އެފް
  • ޔުނިވާރސިޓީ / ކޮލެޖުތަކުގެ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން އަންހެން 3ވަނަ ފާޠިމަތު ޝިފާނާ / ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *