ތަފާތު ކިޔެވުންތަކާއި ތަފްސީރު ފިލާވަޅުތަކަށް ޚާއްޞަކޮށްގެން "މަހްރަޖާނުލް ޤުރްއާނިލްކަރީމް" އައިޔޫއެމްއިން ބާއްވައިފި

ތަފާތު ގިރާއަތްތަކަށް ކީރިތި  ޤުރްއާން   ކިޔަވާ އަޑުއަހާލަން މަހްރަޖާނުލް ޤުރްއާނިލްކަރީމް" ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވަމުން އަންނަ  " މަހްރަޖާނުލްޤުރްއާނިލްކަރީމް" ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގައި ބާއްވައިފިއެވެ.

މިއީ ޢާއްމުންނަށް ހުޅުވާލައިގެން ކީރިތި  ޤުރްއާން ތަފާތު ގިރާއަތްތަކަށް ކިޔަވާލާ އަޑުއަހާލުމަށް އަދި ތަފްސީރާއި އިޢުޖާޒުލް ޤުރްއާނާބެހޭ އެތައް މައުލޫމާތެއް ގެނެސްދިން ބައްދަލުވުމެކެވެ. މިބައްދަލުވުންތަކުގައި ދިވެހި ރާއްޖޭން ބޭރުގެ ޤާރީންނާއި ދިވެހި ޤާރީވެރިންގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ.

މިއަރުގެ 1447ގެ މަހްރަޖާން އަކީ  ވަރަށް ޚާއްސަ ތާރީޚީ މަހްރަޖާން އެކެވެ. ސަބަބަކީ މިއަހަރުގެ މަހްރަޖާންގައި ކިޔަވާ 03 ދަރިވަރުން 03 ރިވާޔަތަކަށް އިޖާޒާ ޙާޞިލްކޮށްފައިވަތީއެވެ.

މުޅިން އަލަށް ދިވެހިރާއްޖޭގައި ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން ފެށި އިޖާޒާ ޕްރޮގްރާމް ( މާތް ނަބިއްޔާ صلى الله عليه وسلم އާއި ހަމަޔަސް ސަނަދުން ގުޅާލެވޭ ކީރިތި ޤުރްއާން އެކި ޤިރާއަތްތަކަށް ކިޔަވަން ދަސްކޮށްދޭ ކޯސް) ގައި ކިޔަވަމުން 03 ދަރިވަރުންނަށް މިހަފްލާގައި ފުރަތަމަ ފަހަރަށް ސަނަދުން ގުޅާލެވޭ އިޖާޒާ ދެވިގެން ދިޔުމަކީ މުޅިރާއްޖޭގެ ތަޢުލީމަށް ލިބިގެން ދިޔަ ޢިލްމީ ކާމިޔާބެއް ކަމަށް އައިޔޫއެމްއިން ބުނެއެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިޕްރޮގުރާމް ކުރިއަށް ގެންދިޔައީ  މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ދެ ޕްރޮފެސަރެއްގެ އެހީތެރިކަމާއި އެކުގައެވެ.

މިއަރުގެ މިބައްދަލުވުމުގައިވެސް ތަފްސީރުގެ ޢިލްމީ ވާހަކަތަކާއި ރޯދައާއި ސައިންސާ ގުޅޭ މުހިއްމު މަޢްލޫމާތުތައް ފުންނާބުއުސް ޢިލްމީ  މުޢައްލިމުން ވަނީ ގެނެސްދީފައެވެ. މިއީ އެ ޕްރޮގްރާމް ކުރިއަށް ގެންދާ 20 ވަނަ އަހަރެވެ.

ދިވެހިން ހޭލުންތެރިކުރުމަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އަންނަނީ ވަރަށް ހާރާކާތްތެރިކޮށް ތަފާތު އެކި އެކި ޕްރޮގުރާމްތައް ތަޢާރަފުކޮށް ހިންގަމުންނެވެ.

އަދި ވަކީން ޚާއްސަކޮށް ރަމަޟާން މަހު ޤުރުއާނުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އިން އަންނަނީ ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *