ބޮޑުފޮޅުދޫ ސްކޫލްގައި މުދައްރިސުން ދުވަސް ފަށަނީ ލުއި ކަސްރަތަކުން

ބޮޑުފޮޅުދޫ ސްކޫލް
ބޮޑުފޮޅުދޫ ސްކޫލްގެ މުދައްރިސުން ލުއި ކަސްރަތުގައި: މިފަދަ ކުދިކުދި ހަރަކާތްތަކުން ކިޔަވައި ދިނުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ

އެހެން ސްކޫލްތަކާ ޚިލާފަށް ބޮޑުފުޅަދޫ ސްކޫލްގެ މުދައްރިސުން ދުވަސް ފަށަނީ ލުއި ކަސްރަތަކުންނެވެ. ކިޔެވުން އޮންނަ ކޮންމެ ދުވަހަކު، ކިޔެވުން ފެށުމުގެ ކުރިން ހުރިހާ މުދައްރިސުން މި ލުއި ކަސްރަތުގައި ބައިވެރިވެއެވެ.

މި ހަރަކާތް ފަށާފައި ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކުގައެވެ.

ބޮޑުފުޅުދޫ ސްކޫލުން ބުނީ މިއީ ހިނިތުންވުމާއިއެކު އުފާވެރި މޫނަކައިގެން ދަރިވަރުންނާ ބައްދަލުވުމަށް މުދައްރިސުންނަށް މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ބޮޑުފުޅުދޫ  ސްކޫލުންގެ ޕްރިންސިޕަލް މޫސާ ނިމާލް ވިދާޅުވީ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ " ލުއި ކަސްރަތު" ގެ ސަބަބުން ކިޔަވައިދޭން ފެށުމުގެ ކުރިން މުދައްރިސުންގެ ސިކުނޑި ހާނުވާލެވި، މުދައްރިސުންގެ ސަމާލުކަން އިތުރުވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހިނިތުންވުމާއެކު ދަރިވަރުންނާ ކުރިމަތިލުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.

" ސްކޫލަށް އަންނައިރުވެސް މުދައްރިސުނ މި ތިބެނީ ސްޓްރެސްގައި، އެކަމުން އަރައިގަނެ، ކިޔަވައިދޭން ފެށުމުގެ ކުރިން ހަށިގަނޑު ހޭލައްވާލަދޭ މި ހަރަކާތުން. މުދައްރިސުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަށް ބަލާއިރު، ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ފެންނަނީ" ނިމާލް ވިދާޅުވިއެވެ.

ބޮޑުފޮޅުދޫ ސްކޫލްގައި ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް 181 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *