ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް ގުޅިގެން އެމްއެންޔޫ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ބޭނުމަކީ މާދަރީ ބަސް ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދެ ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މި އަހަރުގެ މާދަރީބަހުގެ ދުވަހުގެ
ޝިޢާރު " ގިނަ ބައްސަ ތަޢުލީމުގައި ޒުވާނުގެ ދައުރު" މި ޝިޢާރާ މެދު ފުންކޮށް މަޝްވަރާކުރުމެވެ.

ދެންވެމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ފެކަލްޓެީ އޮފެް އާޓްސްގެެ ޑީނެް އަލްފާޟިލް ޢާޞިމް ޢަބްދުއްސައްތާރެވ.ެ އޭނާގެެ ވާހަކަފުޅުގައެި ބަހުގެ ޒަރީއާއިން ސަގާފީ އަމިއްލަވަންތަކަނެް ދެމެހެއްޓުމުގެ މުހިންމުކަމުގެެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
މި ރަސްމިއްޔާތުގައެި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑރ. އެމްޑީ ނަޒްމުލް އިސްލާމް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހާއި ބަންގްލަދޭޝް އުފެދުމާ އޮތް ގުޅުމުގެ މައްޗަށް ބައްލަވަލައްވައި ދުވަހުގެ ތާރީޚު އޮޅުންފިއްވައިދެއްވިއެވެ. މީގެއިތުރުން، މާދަރީ ބަހުގެ މުހިންމުކަމާއި މާދަރީ ބަސްތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
އެއަށްފަހު ބަންގްލަދޭޝެް ބަހުން ބަންގްލަދޭޝްގެ އެމްޑީ މޮއިނަލް ހޮސަން އަދި މަހުވީން ޕަރުވޭޒް ސަގާފީ ޅެޅެއް ހުށަހަޅުއްވައިދެއްވިއެވެ.

މި ރަސްމިއްޔާތުގެ އެންމެ މުހިންމު ކަމަކަށް އޮތީ "މާދަރީ ބަސް ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު" މި މައުޟޫޢަށް ބޭއްވުނު ޕެނަލް ޑިސްކަޝަންއެކެވެ.
ތަޖުރިބާކާރު 4 ޕެނަލިސްޓުންނާ އެކު މި ސެޝަން ހުށަހަޅުއްވައިދެއްވީ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރަރ އަލްފާޟިލާ ޢާއިދާ ޙައްމާދެވެ.
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގެން ވާހަކަފުޅުދެއްކެވީ ދިވެހިބަހުގެ އެކެޑަމީގެ ނާއިބްރައީސް އަލްފާޟިލާ ޒުލްފާ އިބްރާހީމާއި އެމްއެންޔޫގެ ދެ ސީނިއަރެ ލެކްޗަރަރުން ޑރ. އާމިނަތު ޒާހިރާއި އަލްފާޟިލް އަންވަރު އިބްރާހީމް އަދި ބަންގްލަދޭޝްގެ ބޭފުޅެއްކަމުގައިވާ ދަތުގެ ޚާއްޞަ ފަރުވާ ދެއްވާ ޑޮކްޓަރު ޑރ. ސާދިއާ ހައްޤެވެ.
advertisment
ހިޔާލު