ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒަށް ޑީންއެއް ހޯދަން އިއުލާން ކޮށްފިއެވެ.
4 އަހަރު ދުވަހުގެ މުއްދަތަށް އައްޔަން ކުރާ މި މަޤާމަށް ހޯދަނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކެވެ.
ނުވަތަ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 21,123 ރުފިޔާއެވެ. ވަޒީފާގެ އެލަވަންސަކީ12,097 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ 327 ރުފިޔާއެވެ.
3000 ރުފިޔާއިން ފެށިގެން 6000 ރުފިޔާ ދެމެދުގެ އަދަދެއް ޔުނިވަރސިޓީ އެންރޯލްމަންޓް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެފައިސާ ދެނީ ކުދިން ކިޔަވަމުންދާ އަދަދަށް ބަލައިގެންނެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަގުގެ 23.59 ގެ ކުދިން އޮންލައިން އަށް ޕޯޓަލް ފޯމް ހުށައަޅަންޖެހެއެވެ. ފޯމް ހުށައަޅާއިރު އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ. އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
advertisment
ހިޔާލު