އެޑިއުކޭޝަންއިން އެމަޖަންސީ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައިފި

އެޑިއުކޭޝަންއިން އެމަޖަންސީ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމިޓީގެ މަގުސަދަކީ ދަރިވަރުންގެ އިންސާނީ ކަރާމާތައް ބުރޫއަރާފާނެ ފަދަ ހާދިސާތަކާއި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއެކު، ސްކޫލްގެ މާހައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމެވެ. މީގެ އިތުރުން އެކިއެކި ކުއްލިހާލަތްތަކާއި، ކާރިސާގެ ހާލަތްތަކަށް އިޖާބަދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވާލި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓު، ކުލައިމެޓް ޗޭންޖް އެންޑް ޓެކުނޮލޮޖީއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮޓީރިޓީއާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، މޯލްޑިވްސް މިޓިއޮރޮޖިކަލް ސާވިސްއާއި، ލޯކަލްގަވަރުމަންޓް އޮތޯރިޓީއެވެ. މީގެ އިތުުރުން ފުލުހުންނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ނެޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާއި، ޖެންޑަރ މިނިސްޓްރީއާއި، ފަޔަރ އެންޑް ރެސްކިއުސާވިސްއާއި، ޖެންޑަރ މިނިސްޓްރީގެ ފެމެލީ އެންޑް ސޯސަލް ސާވިސްއާއި، މޯލްޑިވްސް ރެޑްކުރެސެންޓާއި ޔުނިސެފުގެ ކަންޓްރީ އޮފީހުގެ އިތުރުން ތައުލީމީދާއިރާއާ ގުޅުންހުރި ފަރާތްތައް ހިމެނެއެވެ.

މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *