ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި "އެމްއެންޔޫ މެރަތަން 2026″ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އެމްއެންޔޫ މެރަތަން ބޭއްވީ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްއެންޔޫގެ މެރަތަންއިން ވަނަތައް ހޯދި ދުވުންތެރިންނަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. މިހަފްލާގައި މެރަތަން ކާމިޔާބު ވުމަށް މެދުވެރި ފަރާތަށް އަގުވަޒަންކޯށް ސެޓްފިކެޓް އަދި ފިލާ ވެސް އަރުވާފައެވެ.

އެމްއެންޔޫ މެރަތަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދިނުމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ އިތުރުން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އަދި ކުރީގެ ދަރިވަރުންގެ މެދުގައި އޮންނަ "އެމްއެންޔޫ ރޫޙު" އާލާކޮށް ޢާންމުންގެ މެދުގައި އެކުވެރިކަން އުފެއްދުމެވެ.
މިއަހަރުގެ މެރަތަންގައި އަލަށް ތަޢާރަފުކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 65 އަހަރުން މަތީގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ޚާއްޞަ ކެޓަގަރީއެއް ހިމެނުމެވެ. މިއީ ދޮށީ އުމުރުގެ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުވެރިކުރުވުމަށާއި މިފަދަ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ގެނައި ހެޔޮ ބަދަލެކެވެ. މެރެތަން ބޭއްވުނު ދުވަހު ކަނޑައެޅިފައިވާ ދުރުމިން ފުރިހަމަކުރި ހުރިހާ ދުވުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން "ފިނިޝާ މެޑަލް" ވަނީ އަރުވާފައެވެ.

އެމްއެންޔޫ އިން ފާހަގަކުރި ގޮތުގައި މި މެރަތަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދިނުމާއި، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ އިތުރުނ،ް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އަދި ކުރީގެ ދަރިވަރުންގެ މެދުގައި އޮންނަ "އެމްއެންޔޫ ރޫޙު" އާލާކޮށް ޢާންމުންގެ މެދުގައި އެކުވެރިކަން އުފެއްދުމެވެ.
ވަނަހާސިލްކުރި ފަރާތްތައް:
5ކިލޯމީޓަރު ފިރިހެން ގިންތި:
1 ވަނަ: މުޙައްމަދު ރަޝީދު
2 ވަނަ: މޫސާ ފަވާޒް މާލިކް
3 ވަނަ: މުޙައްމަދު މުޢާޒް
އަންހެން ގިންތި:
1 ވަނަ: ކްލާރާ ސެރީނާ އާސިފް
2 ވަނަ: ނޫރާ ޕުޓްކޮނެން
3 ވަނަ: ސުހާ އަތޯ
10ކިލޯމީޓަރު ކެޓަގަރީ
ފިރިހެން ގިންތި :
1 ވަނަ: ޢަބްދުالله ނާޞިޙް
2 ވަނަ: މުޙައްމަދު އިރުފާން
3 ވަނަ: އިސްމާޢީލް މުލްހަމް ޢާޒިމް
އަންހެން ގިންތި :
1 ވަނަ: ޢާއިޝަތު ރިޝްމީ
2 ވަނަ: އާމިނަތު ޖާއިޝާ
3 ވަނަ: ލިސްލް ސޮލިވިއޯ ސްޓޮޕްފޯތު
21ކިލޯމީޓަރު – ހާފް މެރަތަން
ފިރިހެން ގިންތި :
1 ވަނަ: ސަންތޯޝް ބިކްރަމް ބިސްޓާ
2 ވަނަ: މުޙައްމަދު އިރުފާން
3 ވަނަ: ޙަސަން ޝިރާޒް
އަންހެން ގިންތި :
1 ވަނަ: ޢާއިޝަތު ޖިނާނީ އިބްރާހީމް
2 ވަނަ: ވަނޭސާ ޑޯޒިއަރ
3 ވަނަ: އަޒްހާ ޢަބްދުالله
ފުލް މެރަތަންގެ ފިރިހެން ގިންތި :
1 ވަނަ: ކިނާނަތު ޙުސައިން
2 ވަނަ: މުހަންމަދު ޖުވެލް
3 ވަނަ: ސަހާއު އީސާ
އަންހެން ގިންތި :
1 ވަނަ: ފާޠިމަތު ނެލްފާ
2 ވަނަ: ޙުސްނާ މުޙައްމަދު
3 ވަނަ: ޝަލްޝަލް މުބީން ޖަލީލް
65އަހަރުން މަތީގެ ގިންތި ހާފް މެރަތަން
1 ވަނަ: ޢަބްދުއްރަޝީދު
10 ކިލޯމީޓަރު
1 ވަނަ: ޢަލީ އަޙްމަދު
5 ކިލޯމީޓަރު :
1 ވަނަ: ޝަހީދާ އާދަމް
advertisment
ހިޔާލު