ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، ޑރ. އަޙްމަދު މުޙައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ސެން ޓީޗަރުން ތަމްރީނު ކުރުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭގެ އިތުރުން އެމްއެންޔޫގެ ކެމްޕަސްތައް ހުންނަ ރަށްރަށުގައެވެ.
ސެން ޓީޗަރުން ތަމްރީނު ކުރަން ފަށާ ކޯސް ކުރިއަށް ގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށް 8 މޮޑިއުލަކަށެވެ.
ކޯހަށް ފީދައްކަން ނުޖެހޭ އިރު ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް ދަރިވަރަކަށް މަހަކު 1،500ރ. ގެ ޕޮކެޓްމަނީއެއް މިނިސްޓްރީން ހަމަޖައްސައި ދޭނެއެވެ.
ސެން ޓީޗަރުން ތަމްރީނު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖާއެކު ވެސް ސޮއިކޮށްފައެވެ. ވިލާއާއި އިސްލާމީ ޔުނިވަރސިޓީގައި ސެންޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.
advertisment
ހިޔާލު