ސްކޫލުގެ އުމްރާނީ ވަޞީލަތެއް ބޭނުންކޮށްގެން ޕީޓީއޭއިން ހޯދާ ފައިސާގެ 60 އިންސައްތަ ސްކޫލުގެ އުމްރާނީ ތަރައްޤީއަށް

ސްކޫލުގެ އުމްރާނީ ވަޞީލަތެއް ބޭނުންކޮށްގެން ޕީޓީއޭއިން ހޯދާ ފައިސާގެ 60 އިންސައްތަ ސްކޫލުގެ އުމްރާނީ ތަރައްޤީއަށް ބޭނުން ކުރަންޖެހޭ ގޮތަށް ޕީޓީއޭ އެކުލަވާލުމުގެ އުޞޫލުގެ ފައިނަލް ޑްރާފް އެކުލަވާލައި އެއަށް އަމަލުކުރަން ސްކޫލުތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.

ސްކޫލުތަކުގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) ހިންގާނެ ގޮތުގެ ފައިނަލް ޑްރާފްޓްގައި ބުނެފައިވަނީ، ޕީޓީއޭއިން ހޯދާ ފައިސާ ޚަރަދު ކުރަންވާނީ، އުނގެނުމާއި، އުގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތްތަކަށާއި، ދަރިވަރުންނާއި މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާ ލިއްބައިދިނުމަށް، ހިންގޭ ހަރަކާތްތައް އަދި ސްކޫލުގެ އުމްރާނީ، ތަރައްޤީގެ ވަޞީލަތްތައް ތަރައްޤީ ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ބެލެހެއްޓުން ފަދަ ކަންކަމަށެވެ.
އެގޮތުން ސްކޫލުގެ އުމްރާނީ ވަސީލަތެއްގެ ބޭނުން ކޮށްގެން ފައިސާ، ހޯދާނަމަ ފައިސާ، ޚަރަތްކުރަންވާނީ، ސްކޫލުގެ އުމްރާނީ ތަރައްޤީއަށް 60 އިންސައްތަ އަދި އުނގެނުމާއި، އުނގަންނައިދިނުމުގެ ޙަރަކާތަށް 30 އިންސައްތަ އަދި އެހެނިހެން ހަރަކާތް ތަކަށް 10 އިންސައްތައެވެ.

ސްކޫލުގެ އުމްރާނީ ވަޞީލަތް ބޭނުން ކުރުމެއް ނެތި އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ ގެ 50 އިންސައްތަ ޚަރަދު ކުރަންވާނީ އުނގެނުމާއި، އުނގަންނައިދިނުމުގެ ހަރަކާތްތަކަށެވެ. އަދި 30 އިންސައްތަ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކަށެވެ. އަދި އެހެނިހެން އިޖްތިމާއ ޙަރަކާތްތަކަށް، 20 އިންސައްތަ އެވެ.

ޕީޓީއޭ ގ މަޤުޞަދު ހާސިލުކުރުމަށްޓަކައި، އާމްދަނީ ހޯދާނެ ގޮތްތަކާއި އަދި، އާމްދަނީ މެނޭޖްކުރާނީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ގައިޑްލައިން އާ -އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

ޕީޓީއޭގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާކޮމެޓީން އެއްބާރުލުން ނުދޭނަމަ ނުވަތަ މިނިސްޓްރީގެ އުސޫލުތަކާއި ޚިލާފަށް ޕީޓީއޭ ގެ ނިންމުންތައް ނިންމާނަމަ ނުވަތަ ސްކޫލުގެ ކުރިއެރުމަށް މަސައްކަތް ނުކުރާކަމަށް ސްކޫލްގެ ޕްރިންސިޕަލްއަށް ނުވަތަ މިނިސްޓްރީ އަށް ފާހަގަކުރެވިއްޖެނަމަ، އެ، ހިންގާކޮމެޓީއެއް އުވާލައި، އަލުން ހިންގާކޮމިޓީ އެކުލަވާލުމުގެބާރު ސްކޫލުގެ ޕްރިންސިޕަލްއަށް ނުވަތަ މިނިސްޓްރީއަށް ލިބެއެވެ.

އެ ސްކޫލެއްގައި އެ ވަގުތަކު ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ގޮތުގައި ސްކޫލުގައި ރަޖިސްޓްރީކޮށްފައިވާ ބެލެނިވެރިންނާއި ސްކޫލުގެ މުދައްރިސުންނާއި އަދި ސްކޫލުގެ އެހެނިހެން ހުރިހާ މުވައްޒަފުންނަކީ ޕީޓީއޭގެ މެމްބަރުންނަށް ވާއިރު، ހިންގާ ކޮމެޓީގައި ހިމެނޭނީ ބެލެނިވެރިންގެ ތެރެއިން ހޮވާ ނާއިބްރައީސެއްގެ އިތުރުން ކޮންމެ ކީ ސްޓޭޖަކުން އެއް ކުލާސް މަންދޫބެކެވެ. ހިންގާ ކޮމެޓީގައި ދެން ހިމެނެނީ ރައީސްއަކަށް ސްކޫލުގެ ޕްރިންސިޕަލާއި ޕީޓީއޭގެ ކޯޑިނޭޓަރުގެ ގޮތުގައި ޑެޕިއުޓީ ޕްރިންސިޕަލް ނޫނީ ލިޑީންގ ޓީޗަރެކެވެ. ޚަޒާންދާރުގެ ގޮތުގައި ހުންނާނީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރު ނޫނީ ފައިސާގެ މަސައްކަތް ކުރާ އިރާރީ މުވައްޒަފެކެވެ. އަދި މުދައްރިސުން ތަމްސީލުކުރާ އިތުރު މެމްބަރުންގެ ގޮތުގައި ކޮންމެ ކީ ސްޓޭޖަކުން ލިޑިންގ ޓީޗަރެއް ނުވަތަ ޓީޗަރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *