އެމްއެންޔޫއެސްޔޫ- ޤުރުއާން މުބާރާތުގައި 130 އަށްވުރެ ގިނަ ދަރިވަރުން

130 އަށްވުރެ ގިނަ ދަރިވަރުންނާއެކު އެމްއެންޔޫއެސްޔޫ- އެސްއެސްއެލް ޤުރުއާން މުބާރާތް ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސް.ޔޫ)އާއި، ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސްއެސްއެލް) އިން ގުޅިގެން ބާއްވާ 13 ވަނަ ޤުރުއާން މުބާރާތެވެ. މި މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރއަކީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއެވެ.

އެމްއެންޔޫއެސްޔޫ ބުނި ގޮތުގައި، އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނާއި އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި ފަހަރު މުޅިން އަލަށް ހައިސްކޫލްތަކުން ވެސް ބައިވެރިވާ ކަމަށެވެ. މިފަހަރު މި މުބާރާތުގައި 130 އަށްވުރެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި މުބާރާތް ކުރިއަށް ދާނީ ފެބުރުވަރީ މަހުގެ 23 ން 25އަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި މުބާރާތުގެ ދަންފަޅިތައް ބެހިފައިވާ ގޮތުން ހޯމަ އާއި ބުދަ ދުވަހުގެ ހަވީރު ދަންފަޅިއެއް، ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުގެ ރޭގަނޑު ދަންފަޅިއެއް، އަދި އަންގާރަ އާއި ބުދަ ދުވަހުގެ މެންދުރުފަހު ދަންފަޅީގައި ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު 5 ބައިވެރިން ހޮވާނެއެވެ. އަދި އެންމެ މޮޅު 1ވަނަ، 2ވަނަ އަދި 3ވަނަ ފެކަލްޓީ/ކޮލެޖް/ޔުނިވަރސިޓީ/ސްކޫލް ވެެސް ހޮވަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *