އެންމެ މޮޅު ކުޅުންތެރިއަކަށް ސީއެޗްއެސްސީ މާލޭގެ ނާޝިއު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށާއި ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކީ އެ ޓީމުގެ މިކްޔަލް
ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެއިން ހޯދައިފިއެވެ.
މިއަދު ހަވީރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް ސީއެޗްއެސްއީ މާލެ މޮޅުވީ 1-4 ގެ ތަފާތަކުންނެވެ.
ހަތަރު ޓީމު ކުޅުނު މި މުބާރާތުގައި ސީއެޗްއެސްއީ މާލެއިން ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. އަދި ފެއާ ޕްލޭ ޓީމަކީ ވެސް ސީއެޗްއެސްއީ މާލެއެވެ.
ފައިނަލް މެޗްގެ ހުރިހާ ގޯލެއް ފެނުނީ ދެވަނަ ހާފުގައެވެ. ސީއެޗްއެސްއީ ހުޅުމާލެއަށް ލިބުނު ޕެނަލްޓީއަކުން އަޙްމަދު މިކްޔާލް މުއީން 10، އެވެ. އަޙްމަދިއްޔާއިން ނަތީޖާ ހަމަހަމަ ކުރީ ވެސް ޕެނަލްޓީއަކުންނެވެ. 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ގޯލަން ވަނީ ސީއެޗްއެސްއީ ހުޅުމާލޭގެ ކީޕަރުގެ އަތުގަވެސް ޖެހިފައެވެ.
ސީއެޗްއެސްއީ މާލެއަށް ދެ ވަނަ ފަހަރަށް ލީޑް ނަގައިދިނީ އިސްމާއިލް ޝާމިލެވެ. ތިންވަނަ ގޯލް ޖެހީ 70 މިނެޓްގައި މުހައްމަދު ސައިމް އިބްރާހިމް ފާއިޒެވެ. ހަތަރުވަނަ ލަނޑުޖެހީ 82 ވަނަ މިނެޓްގައި ފުރަތަމަ ގޯ ވެސް ޖެހި މިކްޔަލްއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހީ ވެސް އޭނާއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދު ޝިހާމް 8، އެވެ.
advertisment
ހިޔާލު