އެޗްއެސްސީ އިމްތިޙާނުހައި ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފި

އެޗްއެސްސީ އިމްތިޙާނުހައި ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 2021 ޖޫން މަހު ބޭއްވުނު އެޗް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި ހިނގާ ސެޕްޓެންބަރު މަހު ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ޖޫން މަހު ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށެވެ.

އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް ހުށަހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަމިއްލަގޮތުން އެޗް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިމަހުގެ 27 ން ފެށިގެން ދޫކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *