ހެނބަދޫ ސްކޫލާއި އެރަށު ކައުންސިލުގެ ޙިފްޡު ޕުރޮގްރާމުގެ ދެވަނަ އިމްތިޙާނުން 17 ދަރިވަރުން ފާސްވެއްޖެ

"ނޫރުލް ޤުލޫބް"ގެ ނަމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މި ޕުރޮގްރާމް އެ ސުކޫލުގައި ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.
ހެނބަދޫ ސުކޫލު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި، ޤުރުއާން ހިތުދަސް ގިނަ ދަރިވަރުންތަކެއް އެރަށުގައި އުފެއްދުމުގެ މާތް މަޤުޞަދުގައި ފެށި މި ޕުރޮގްރާމްގެ ދެވަނަ އިމްތިޙާނު ނިންމައި މިއަދު ވަނީ ނަތީޖާ ފާޅުކޮށްފައެވެ. މިކަމަށް މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީގައި ހެނބަދޫ ސްކޫލުގެ ޕުރިންސިޕަލް އަލްފާޟިލް އިލްހާމް ޢަލީ ވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މި ބުރަ މަސައްކަތައިގެން ކުރިއަށް ދިޔުމަށް ހިތްވަރުދެއްވާފައެވެ.

އަދި ހެނބަދޫ ސުކޫލުގެ އިސްލާމް ކުލަބުގެ އިންޗާޖު އައްޝައިޚް ސާޖިދު މުޙައްމަދު ވަނީ މި ޕްރޮގްރާމު އެ ސުކޫލުގައި ފެށިފަހުން ވޭތުވެދިޔަ 8 މަހާއި 20 ދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ކުރިއަށްދިޔަގޮތާއި މި ޕްރޮގްރާމުން ޙާޞިލްކުރެވުނު ކަންކަމާއި، މިހާތަނަށް ބޭއްވުނު ދެ އިމްތިޙާނުގައި ދަރިވަރުން ހޯދި ކާމިޔާބީތަކުގެ މައްޗަށް އެސެމްބުލީގައި ވާހަކަދައްކަވައި އަލިއަޅުވައިލައްވާފައެވެ. އެގޮތުން ދެ އިމްތިޙާނުން ޖުމްލަ 25 ދަރިވަރެއް މިހާތަނަށް ފާސްވެފައިވާއިރު، އޭގެތެރެއިން 1 ދަރިވަރަކު ބައި ފޮތުން، 16 ދަރިވަރު އެއް ފޮތުން، 5 ދަރިވަރަކު ދެ ފޮތުން އަދި 3 ދަރިވަރަކު ތިންފޮތަށްވުރެ ގިނައިން ފާސްވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި ޕުރޮގްރާމްގައި ދަރިވަރުން އިމްތިހާންކުރުމާއި ފާސްވާ ދަރިވަރުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަނީ ހެނބަދޫ ސުކޫލުން ކަމަށްވާއިރު، މި ޕުރޮގްރާމް ވިލަރެސްކުރުމުގައި އެ ސުކޫލުގެ އިސްލާމް ކުލަބުންވަނީ މުހިންމު ޤަވާޢިދުތަކަކާއި އުޞޫލުތަކެއް އެކުލަވައިލައިފައެވެ. އެގޮތުން އިސްލާމްކުލަބުގެ އިރުޝާދުގެ ދަށުން ދަސްކުރުމާއި މުރާޖަޢާކުރުން، ދަރިވަރުން ގޭގައި ކުރިއަށްގެންގޮސް ރެކޯޑް ޝީޓް ފުރިހަމަކުރުމަށްފަހު، މަހަކު އެއްފަހަރު މި ޕުރޮގްރާމަށް ޚާއްސަކޮށް ހެދިފައިވާ ފައިލް ޗެކްކުރުމަށް ދަރިވަރުން ބެލެނިވެރިޔާއާއެކު ހާޒިރުވާންޖެހެއެވެ. އެއަށްފަހު، ދަރިވަރުން އިމްތިޙާނަށް ހާޒިރުވާންޖެހެނީ ކުލަބުން ކަނޑައަޅާ ދުވަސްތަކެއްގައި، ޓާމަކު އެއް ފަހަރެވެ. ކީ ސުޓޭޖު 1 ން މަތީގެ ދަރިވަރުންނަށް އިމްތިޙާނުގައި ބައިވެރިވެވޭނީ މަދުވެގެން 1 ފޮތް ދަސްކުރުމަށްފަހުގައެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބައި ފޮތުން ބައިވެރިވެވެއެވެ. ދަރިވަރު ބައިވެރިވާ ކޮންމެ ފޮތަކުން 5 ފޮޅުވަތުގެ 5 ސުވާލު އިމްތިޙާނުގައި ކުރެއެވެ. އިމްތިޙާނުން ދަރިވަރު ފާސްވަނީ ކުރާ 5 ސުވާލަށްވެސް ރަނގަޅަށް ޖަވާބުދީގެންނެވެ. މި އިމްތިޙާނުގައި ދަރިވަރަށް އެއްފަހަރާ ބައިވެރިވެވެނީ ގިނަ ވެގެން 5 ފޮތުންނެވެ. އިމްތިޙާންކުރެވެނީ ދުވާލަކު ފޮތަކުންނެވެ. ޤަވާޢިދުގައިވާގޮތުން ފުރަތަމަ އިމްތިޙާނަށްފަހު ދެން އަލަށް ދަސްކުރާ ކޮންމެ ފޮތެއް އިމްތިހާންކުރެވެނީ، ކުރިން ދަރިވަރު ދަސްކޮށްފައިވާ ފޮތްތަކުގެ ތެރެއިން އިސްލާމް ކުލަބުން ކަނޑައަޅާ ވަކި ފޮތަކުން 5 ފޮޅުވަތުގެ 3 ސުވާލު ކުރުމަށްފަހު އެ ސުވާލުތަކުން ފާސްވެގެންނެވެ.
"ނޫރުލް ޤުލޫބް"ގެ ނަމުގައި ހެނބަދޫ ސުކޫލުގައި މިދިޔަ އަހަރު ފެށި ޙިފްޡު ޕުރޮގްރާމް ސުޕޮންސަރކޮށްދެއްވާފައި ވަނީ ހެނބަދޫ ކައުންސިލުންނެވެ. މި ޙިފްޡު ޕުރޮގްރާމްގެ ފުރަތަމަ އިމްތިހާނުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ޚާއްޞަ އެސެމްބުލީގައި، ފާސްވި ދަރިވަރުންނަށް ފައިސާގެ އިނާމާއި ޓުރޮފީ އަދި ހަނދާނީލިޔުން ޙަވާލުކޮށްދެއްވި ހެނބަދޫ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް އަޙަމަދު ރަޝީދެވެ. އެގޮތުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް ޚާއްޞަ ޓްރޮފީއަކާއި 250 ރުފިޔާގެ މަގުން ފައިސާގެ އިނާމު ދަރިވަރުންނަށްވަނީ އަރުވާފައެވެ. އަދި މިހާތަނަށް ހެނބަދޫ ކައުންސިލްގެ ފަރާތުން މި ޕްރޮގްރާމަށް 28,000 ރުފިޔާ ޚަރަދުކޮށްފައިވާކަން އަޙްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. އަހަރަކު މަދުވެގެން 5 ފޮތް ދަސްކޮށް، 6 އަހަރުގެ މުއްދަތުން ހާފިޒަކު އުފެއްދުމުގެ އަމާޒުގައި ފެށި މި ޕުރޮގްރާމްގެ ދެވަނަ އިމްތިޙާނުން ފާސްވި ދަރިވަރުންނަކީ:
އައިރާ ބިންތު އަޙްމަދު (UKG)
އާމިނަތު މިޝްކާ ބިންތު މުޙައްމަދު (UKG)
ލޫޠު ބިން ސަޢީދު (ގްރޭޑް 1)
ފާޠިމަތު ޝިބާ ފަރުހާދު (ގްރޭޑ…

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *