ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެންއެންޔޫ)އިން އަހަރަކު އެއް ފަހަރު ބާއްވާ މެރަތަން 1400 އަށްވުރެ ގިނަ ދުވުންތެރިންނާއެކު މިއަދު ހެނދުނު ނިންމާލައިފިއެވެ.

ރޭ ދަންވަރު 2 ޖެހިއިރު ހުޅުމާލޭ ސެންޓްރަލް ޕާކުން މި މެރަތަން ފެށީ 42 ކިލޯމީޓަރުގެ ފުލް މެރަތަންއިންނެވެ. އޭގެ ފަހުން ހާފް މެރަތަންއާއި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވުން ކުރިއަށް ގެންދިޔައެވެ. ހެނދުނު 7 ޖެހިއިރު ކުރިއަށް ގެންދިޔައީ ކުޑަކުދިންނަށް "ކިޑްސް ޑޭޝް" ގެ ނަމުގައި ޚާއްޞަ ދުވުމެކެވެ.

ކުރީ އަހަރާ ޚިލާފަށް 65 އަހަރުން މަތީގެ މީހުންނަށް ވެސް ޚާއްޞަ ގެޓަގަރީއެއް މިއަހަރުގެ މެރަތަންގައި ވަނީ ހިމާނާފައެވެ.

އެމްއެންޔޫއިން ބުނީ، 1400 އަށްވުރެ ގިނަ ދުވުންތެރިން މި މެރަތަންގައި ދުވެފައިވާއިރު އެއީ މިދިޔަ އަހަރު ބޭއްވި މެރަތަންއަށްވުރެ 400 ދުވުންތެރިންގެ އިތުރުވުމެއް ކަމަށެވެ.
މެރަތަންގައި ދުވާ ކޮންމެ ދުވުންތެރިއަކު ވެސް ކަނޑައަޅާފައިވާ މިންވަރަށް ދުވުމުން މެޑަލެއްދޭއިރު، ކެޓަގަރީތަކުން ވަނަތަކަށް ހޮވުނު ދުވުންތެރިންނަށް ފައިސާގެ އިނާމް ހަވާލުކުރަން ވަކި ރަސްމިއްޔާތެއް ބާއްވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މަރަތަންގެ މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދީ، ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރޫޙު އަށަގެންނެވުމެވެ.
މެރަތަންގައި އިނާމް ދެނީ:
- ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 7،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 5،000 ރުފިޔާ
- ފުލް މެރަތަން (42 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ: 10،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން އެއްވަނަ: 7،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ދެވަނަ: 5،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) ފިރިހެން އަދި އަންހެން ތިންވަނަ: 3،000 ރުފިޔާ
- ހާފް މެރަތަން (21 ކިލޯމީޓަރު) 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 7،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 5،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 3،000 ރުފިޔާ
- 10 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 2،000 ރުފިޔާ
- 10 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 5،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން އެއްވަނަ: 3،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ދެވަނަ: 2،000 ރުފިޔާ
- 5 ކިލޯމީޓަރު، ފިރިހެން އަދި އަންހެން ތިންވަނަ: 1،000 ރުފިޔާ
- 5 ކިލޯމީޓަރު، 65 އަހަރުން މަތި ފިރިހެން އަދި އަންހެން އެއްވަނަ 3،000 ރުފިޔާ
advertisment
ހިޔާލު