ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް: އެއް ގޯލުގެ ތަފާތުން އަޙްމަދިއްޔާ ފައިނަލަށް

ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ފައިނަލުގެ ފަހު ޖާގަ އެއް ގޯލުގެ ތަފާތުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކަށަވަރުކޮށްފިއެވެ.

ފައިނަލަށް މިހާރު ގޮސްފައިވާ ސީއެޗްއެސްއީ މާލެއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަށަވަރު ކުރުމަށް އިއްޔެއާއި ރޭ ދެ މެޗް ކުޅުނެވެ. އިއްޔެ ހަވީރު ކުޅުނު މެޗް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 1-4 ގެ ތަފާތަކުން ސީއެޗްއެސްއީ ހުޅުމާލެ ބަލިކުރިއެވެ. ރޭ ކުޅުނު މެޗްން އަޙްމަދިއްޔާ ރޭ ބަލިވީ 0-3 ގެ ތަފާތަކުންނެވެ.

ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް އަޙްމަދިއްޔާ ދިޔައީ، އެ ސްކޫލާއި ވިލާ ހައި ސްކޫލް ކުޅުނު ތިން މެޗްގެ ތެރެއިން އެއް މެޗުން މޮޅު އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރު ވުމުން ލިބުނު ޕޮއިންޓް އެއްވަރުމުން ފައިދާ އެއް ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ދެޓީމަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. އަހުމަދިއްޔާ އިން ހަތް ގޯލުޖެހިއިރު ބައިކޮޅަށް ހަތަރު ގޯލް ވަދެފައިވެއެވެ. ފައިދާ ގޯލުގެ ގޮތުގައި ލިބުނީ ތިން ގޯލެވެ. ވިލާ ހައި ސްކޫލުން ހަ ގޯލު ޖެހިއިރު ބައިކޮޅަށް ހަތަރު ގޯލް ވަނުމުން ލިބުނީ ފައިދާ ދެ ގޯލެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭމީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *