ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމެއް ޤާއިމް ކުރަނީ

މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން ސްކޫލަށް ވަންނަނީ: ސްކޫލުތަކުގައި ރިސްކް މެނޭޖްމަންޓް ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން- ފޮޓޯ: މުޙްޔިއްދީން ސްކޫލް

ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމް ޤާއިމްކުރުމަށް ކޮންސަލްޓަންޓެއް ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރައްކާތެރި، ޝާމިލުވާ އަދި ސަޕޯޓިވް ލާރނިންގ މާޙައުލެއް ޤާއިމުކުރުމެވެ. ދަރިވަރުންނަށް ކުރިމަތިވާ ތަފާތު ރިސްކުތައް ކަމަށްވާ ތައުލީމީ، އިޖްތިމާއީ، އިމޯޝަނަލް އަދި ތިމާވެށީގެ ސަބަބުތަކަށް ބަލާއިރު، ސްކޫލުގެ ނިޒާމުގެ ތެރޭގައި ސްޓްރަކްޗާޑް ރިސްކް އެސެސްމަންޓް ޕްރެކްޓިސްތައް އިންޓެގްރޭޓް ކުރަން ޖެހެއެވެ.
ވަލްނަރަބިލިޓީ އެސެސްމަންޓަށް ބޭނުންވާ ޓޫލްސް އަދި މެނުއަލްތަކުގެ އެހީގައި ސްކޫލްގެ ހުރިހާ ލެވެލްއެއްގައި ވެސް ވަލްނަރަބިލިޓީ އެސެސްމަންޓް ތަންފީޒު ކުރުމުގެ ސަބަބުން ޓީޗަރުންނަށް އެޓް ރިސްކް އެސެސްމަންޓް ދެނެގަނެ، ވަގުތުން ވަގުތަށް އަދި ޓާގެޓެޑް އިންޓަވެންޝަންތައް ކުރިއަށް ގެންދެވޭނެއެވެ.
ލޯކަލް ކޮންސަލްޓަންޓެއް ހޯދަނީ މިކަން ތަންފީޒު ކުރުމަށްޓަކައި، ޓީޗަރުންނާއި ސްކޫލުގެ އިސްވެރިން ތަމްރީނު ކުރުމަށް ކޮމްޕްރިހެންސިވް ޓްރެއިނިންގ ވީޑިއޯ ޕެކޭޖެއް ތައްޔާރު ކުރުމަށް ކަމަށެވެ.

މި ޕެކޭޖަކީ ހުރިހާ ސްކޫލުތަކެއްގައިވެސް ވަލްނަރަބިލިޓީ އެސެސްމަންޓް ހެދުމަށް މަގު ފަހިކޮށްދޭނެ ޕެކޭޖެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ 20 ސްކޫލެއްގައި ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންނަށް ތަމްރީނު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަކީ ވެސް ކޮންސަލްޓަންޓުގެ ޒިންމާއެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި،  ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި (2ން12އަށް) ރިސްކް އެސެސްމަންޓްތައް އިންސްޓިޓިއުޝަނަލައިޒް ކޮށް، އޮންލައިން ޓްރެއިނިންގ ވަސީލަތްތައް ޤާއިމުކޮށް، ސްކޫލު ފެންވަރުގެ ކެޕޭސިޓީ ހަރުދަނާކުރުމެވެ. އަދި ސްކޫލް ބޭސްޑް ވަލްނަރަބިލިޓީ އެސެސްމަންޓްތައް ހެދުމުގައި މިހާރު ހުރި މެނުއަލްތަކާއި ޓޫލްސްތައް ފުރިހަމަވާ ފުރިހަމަ ޓްރެއިނިންގ ވީޑިއޯ ޕެކޭޖެއް އެކުލަވާލުމުގެ އިތުރުން ވަލްނަރަބިލިޓީ އެސެސްމަންޓްތައް ހަރުދަނާ ގޮތެއްގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަށްޓަކައި ހޮވާލެވޭ ސްކޫލްތަކުގެ ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލުންނާއި، ސްކޫލްތަކުގެ އިސްވެރިން ތަމްރީނު ކުރުމަކީ ވެސް އޭނާގެ މަސްއޫލިއްޔަތެކެވެ.

ސްކޫލުތަކުގައި ރިސްކް އެސެސްމަންޓް ނިޒާމެއް ޤާއިމް ކުރަން ބޭނުންވާ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެބުރުވަރީ 22 ވަނަ ދުވަހުގެ 13:00ގެ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *