އަޙްމަދިއްޔާ އިންޓަރނޭޝަނަލަ ސްކޫލްގެ ދިހަ ދަރިވަރަކު އައުޓްސްޓޭންޑިންގ ކެމްބްރިޖު ލަރނަރސް އެވޯޑް ހޯދައިފިއެވެ.
އެ ސްކޫލުގެ ޢާއިޝަތު ފަތޫންއަޙްމަދާއި ޢާއިޝަތު ޝުޢާ އަޝްހަދާއި މަރިޔަމް އަތުޤާ ޖަލާލުގެ އިތުރުން މަރިޔަމް ލާނާ ޝައުކަތު ވަނީ އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖުން ދުނިޔޭގެ އެއްވަނަ ހޯދައި ދުނިޔޭގެ ގަދަ 10ގައި ހިމެނިފައެވެ.
އަޙްމަދިއްޔާގެ ސަވާ ޢަބްދު الله ވަނީ ޓްރަވެލް އެންޑް ޓުވަރިޒަމްއިން މުޅި ދުނިޔެއިން 3ވަނަ ހޯދައި ދުނިޔޭގެ ގަދަ 10ގައި ހިމެނިފައެވެ. މުޙައްމަދު ރައްޔާން އަޙްމަދު ވަނީ އެކައުންޓިންގއިން ދުނިޔޭގެ 7ވަނަ ހޯދާފައެވެ. ލޫތު ލީވާން އަޙްމަދު ހުޝާމް ވަނީ ޓްރަވެލް އެންޑް ޓުވަރިޒަމްއިން ދުނިޔޭގެ 10ވަނަ ހޯދާފައެވެ. މީގެ އިތުރުން އަލަވި އައްޔޫބް ބުން މުޙައްމަދު ޝުޖާއު ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީން ހައި އެޗީވްމެންޓް ހޯދާފައެވެ. އަދި އެ ސްކޫލްގެ ފާތިމަތު އައިނީ ސިފާން ވަނީ އިންގްލިޝް ލިޓްރެޗަރއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
advertisment
ހިޔާލު