ކުދި ޤައުމުތަކުގެ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ގުޅޭ ސެމިނަރ ސީރީޒެއް އެމްއެންޔޫއިން އިފްތިތާޙުކޮށްފި

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް (ސީއެސްއެސްއެސް) އާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގުޅިގެން "ސްމޯލް ސްޓޭޓްސް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ"ގެ ނަމުގައި ބާއްވާ ސެމިނަރ ސީރީޒްގެ އިފްތިތާހީ ސެޝަން މިއަދު އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ.

ޤައުމީ އަދި ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް އެމްއެންޔޫއިން ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، މި ސެމިނަރގައި ރާއްޖޭގެ ޕޮލިސީ މޭކަރުންނާއި، ތަޢުލީމީ މާހިރުންނާއި، ދަރިވަރުން ބައިވެރިވެ، ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކުގައި ރާއްޖެ ފަދަ ކުދި ޤައުމުތަކުން ސްޓްރެޓީޖިކް އޭޖެންސީ ބޭނުންކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ނުރައްކާތަކާއި، ސަރަޙައްދީ ޖިއޯޕޮލިޓިކްސްއަށް އަންނަ ބަދަލުތައް ފަދަ ގޮންޖެހުންތަކުން އަރައިގަތުމާ ބެހޭގޮތުންނެވެ.

މި ސެމިނަރ ސީރީޒްގެ އިފްތިތާހުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ.
ސެމިނަރ ފެށުމުގެ ކުރިން ކީނޯޓް ސްޕީޗެއްގެ ގޮތުގައި ސްރީލަންކާގެ ބަންޑާރަނައިކަ ސެންޓަރ ފޯ އިންޓަނޭޝަނަލް ސްޓަޑީޒް (ބީސީއައިއެސް) ގެ ޑިރެކްޓަރ އޮފް އެޑިއުކޭޝަން ޑރ ބާގްޔާ ސެނަރަތުނަ ވާހަކަ ދެއްވިއެވެ. ސެނަރަތުނައިގެ ވާކަފުޅުގައި ކުދި ޤައުމުތަކަށް ސްޓްރެޓީޖިކް އޮޓޮނޮމީއެއް ލިބުމުގެ މުހިއްމުކަމާއި، އިންޑިއާ ކަނޑުގައި ސަރަޙައްދީ އެއްބާރުލުމާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދިޔައީ ބްރިޖިންގ ޕޮލިސީ އެންޑް އެކެޑެމިއާ ގުޅޭ ގޮތުންނެވެ.
މި ސެމިނަރގައި އެމްއެންޔޫގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އިސްމާޢީލް އައްޒަމް ވަޖީޙް މޮޑަރޭޓްކުރެއްވި ޑައިނަމިކް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޑރ ބާގްޔާ ސެނަރަތުނަ ވަނީ ޕެނަލް ޑިސްކަޝަންގައި ދެކުނު އޭޝިއާގެ ސެކިއުރިޓީ ޑައިނަމިކްސް އާއި ސްރީލަންކާގެ ތަޖުރިބާއިން ދަސްވި ފިލާވަޅުތައް ހިއްސާ ކުރައްވާފައެވެ.

މި ސެމިނަރއަކީ އެމްއެންޔޫގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒުން ފެށި ފުރަތަމަ ސެމިނަރއެވެ. އެމްއެންޔޫގެ އަމާޒަކީ ރާއްޖެއާއި ވަށައިގެންވާ ސަރަޙައްދުގެ ސަލާމަތީ އަދި ޚާރިޖީ ސިޔާސަތުގެ އޮނިގަނޑެއް އެކުލަވާލުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *