މިދިޔަ އަހަރުގެ މެއި/ޖޫންގައި ބޭއްވި އޯލެވެލް އިމްތިޙާނުގެ ސެކަންޑް ލެންގުއޭޖް އިނގިރޭސި މާއްދާއިން ( ސްޕީކިންގ އެންޑޯސްމަންޓް) ކެމްބްރިޖް ލާރނަރސް އެވޯޑް އިސްކަންދަރު ސްކޫލުގެ ދިހަ ދަރިވަރުންނަށް ލިބިއްޖެއެވެ.
2024 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ހަތް ދަރިވަރުންނަށް ކެމްބްރިޖް ލާރނަރސް އެވޯޑް ލިބުނުއިރު، އިނގިރޭސި މާއްދާއިން އެ އެވޯޑް އެ އަހަރު ލިބުނީ ފަސް ދަރިވަރުންނަށެވެ.

މިދިޔަ އަހަރު 263 ދަރިވަރުން އޯލެވެލް އިމްތިޙާނުގައި ބައިވެރިވެ، 56 ދަރިވަރުން ޤައުމީ ގަދަ 10ގައި ހިމެނިފައިވެއެވެ. އަދި ޤައުމީ ގަދަ 10އެއްގެ އެއްވަނަ 3 ދަރިވަރުންނަށް ލިބިފައިވެއެވެ.
2025 ވަނަ އަހަރު ކެމްބްރިޖް ލާރނަރސް އެވޯޑް ލިބުނު އިސްކަންދަރުގެ ދަރިވަރުން
- އައިޝަތު ލީމް
- އަލާ އާމިނާ އަޙްމަދު ދީދީ
- އަލާން އަޙްމަދު
- އާމިނަތު ނިޝްޔާ ނިޝާންދު
- އަނާނީ ސަފިއްޔުއްދީން ރަޝީދު
- މައިސަމް މާހިރު
- މުޙައްމަދު އައިހަމް އިސްމާއިލް
- ރާނިޔާ މުޙައްމަދު ޝަރީފު
- ސާރާ ބިންތި ހުސައިން
- އުމާމާ އަބްދުﷲ މުޙައްމަދު
advertisment
ހިޔާލު