ދަރިވަރުންގެ މާދިރީ: ޝައުޤުވެރިކަން ވަކި ކުޑައެއްނޫން

ދަރިވަރުންގެ މާދިރީ
ދަރިވަރުންގެ މާދިރީގެ ރިޔާސަތުގައި ބައިވެރިވި ދަރިވަރުން: މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ލޯ ދުނިޔެއަށް ހުޅުވިގެންދޭ

އދ. ގެ އާންމު މަޖިލީހުގ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންނެވުމާ ދިމާކޮށް، ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވެގެން ދަރިވަރުން ހުށަހަޅައިދިން ދަރިވަރުންގެ މާދިރީގެ ޝައުޤުވެރިކަން ވަކިން ކުޑައެއް ނުވިއެވެ.

ދަރިވަރުންގެ މާދިރީ ކުރިއަށް ދިޔައިރު، ގައުމުތައް ތަމްސީލު ކުރި ދަރިވަރުން ތިބީ އެ ގައުމެއްގެ ހެދުން އަޅައިގެންނެވެ.

މި ނަމޫނާ ބައްދަލުވުމުގައި ކޮންމެ އަތޮޅަކުން އެއް ދަރިވަރަކު ވަނީ ވާޙަކަ ދައްކާފައެވެ. އެ ދަރިވަރުން ވާހަކަ ދެއްކީ މި ބައްދަލުވުމުގައި އެ ދަރިވަރަކު ތަމްސީލުކުރި ގައުމެއްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ދަރިވަރުންގެ ވާހަކަތައް ބިނާކުރީ މި އަހަރުގެ ޝިޔާރު ކަމަށްވާ " ބިލްޑިން ރެސިލިއަން ތްރޫ ހޯޕް ޓު ރިކަވަރ ފްރޮމް ކޯވިޑް-19، ރީބިލްޑް ސަސްޓެއިނަބަލީ، ރެސްޕޯންޑްސް ޓު ދަ ނީޑްސް އޮފްދަ ޕްލެނެޓް، ރެސްޕެކްޓް ދަ ރައިޓްސް އޮފް ޕީޕަލް" އާ ގުޅޭ ގޮތުންނެވެ.

ދަރިވަރުން ވަނީ ތަމްސީލުކުރި ގައުމުތަކުގައި ހުރި މައްސަލަތަކަށް ދިރާސާގޮތެއްގައި ބަލާވެސް ލާފައެވެ.

ސަރުކާއި އަމިއްލަ 219 ސްކޫލަކުން ދަރިވަރުން ބައިވެރިވެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ވަރޗުއަލްކޮށެވެ. ރިޔާސަތު ބެލެހެއްޓީ ސީއެޗްއެސްއީގެ ދަރިވަރު އިބްރާހިމް ނާބިޠު އަބްދުއްރަހުމާނެވެ.

މިއީ ރާއްޖޭގެ ހުރިހާ ސްކޫލެއް ތަމްސީލުވާ ގޮތަށް މިފަދަ ބައްދަލުވުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *