ތާޖުއްދީނުގެ 37 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ އެސެމްބްލީ ބޭއްވީ އިއްޔެ އެ ސްކޫލުގެ ގޯތިތެރޭގައެވެ.

37 ވަނަ އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުން އެ ސްކޫލުގައި އެންމެ ގިނަ ދުވަސްވީ އޮފީސް މުވައްޒަފަށާއި މުދައްރިސުންގެ ތެރެއިން ގުރުއަތުން ހޮވުނު މުދައްރިސަށް ހަދިޔާގެ ގޮތުގައި އުމްރާދަތުރެއް ވަނީ ހަމަޖައްސާދީފައެވެ. މިއީ އަހަރީ ދުވަހުގެ ހަދިޔާގެ ގޮތުގައި ދަ ޓްރެވެލަރސްގެ ސްޕޮންސަރއެއްގެ ދަށުން ހަމަޖައްސައިދިން ދަތުރެކެވެ.
އުމްރާ ދަތުރު ލިބުނީ، ޒާހިދާ ހަސަންއާއި ރަހުމާ މޫސާއަށެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކެއްގެ ގޮތުގައި އާޓް އެންޑް ކްރާފްޓާއި ޅެންވެރިކަމުގެ މުބާރާތްތަކެއް ވަނީ ތާޖުއްދީނު ސްކޫލުން ހުޅުވާލާފައެވެ.
އަހަރީ ދުވަހުގެ އެސެމްބްލީ ގެންދިޔައީ ހެނދުނާއި މެންދުރު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ވަކިންނެވެ.

ތާޖުއްދީން ޕްރައިމަރީ ސްކޫލުގެ ގޮތުގައި ހުޅުވީ 1989 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމެވެ. 1990 ވަނަ އަހަރު ތާޖުއްދީން ސްކޫލުގެ ނަމަށް ބަދަލުކުރިއެވެ. ސާނަވީއާ ހަމައަށް 10-1 އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
advertisment
ހިޔާލު